ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ޕާޓީގެ އާންމު މެންބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ 18:00 އާ ހަމައަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި، ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ޕާޓީގެ އާންމު މެންބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ 18:00 އާ ހަމައަށެވެ.
ޕްރައިމަރީގައި ވާދަކުރެވޭ ޝަރުތުތަކުގެ ތެރޭގައި، ޕާޓީގެ މެންބަރަކަށްވުމާއި، ކައުންސިލް އިންތިހާބުގައި ވާދަކުރާ ފަތާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ކަމަށް ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ މީހެއް ކަމުގައިވުން ހިމެނެ އެވެ.
ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ޕީއެންސީ ވަނީ ކިއުއާރުކޯޑެއް އާންމުކޮށްފަ އެވެ.
ޕީއެންސީން ކުރި އިއުލާނުގައި ބުނީ މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ލިސްޓު، މިމަހުގެ 16 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށެވެ.
ކައުންސިލް އަދި ޑަބްލިއުޑީސީގެ އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކީ އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހެވެ. އިންތިހާބު އޮންނާނީ އަންނަ މާޗު މަހުގެ 28 ވަނަ ދުވަހު އެވެ.