ތާރީހެއް ލިޔެފި ؛ ރާއްޖޭގެ ފުރަތަމަ ސްޕޭސް ޓީމް

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގެ މަސައްކަތް ކުރަނީ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިންނެވެ. އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ އަކީ ރިފްއަތު މުހައްމަދެވެ. މި ހާއްސަ އަދި ތާރީހީ މިޝަންގެ މަސައްކަތް ތާވަލާ އެއްގޮތަށް ބަރާބަރަށް ކުރިއަށްދެ އެވެ. ޓީމު ތަމްރީނުކޮށް ނިންމައި، ސެޓެލައިޓް ޑިޒައިން ފައިނަލްކޮށް، ހާޑުވެއާ އޯޑަރު ކޮށްފައިވާ ވެއެވެ.

ރާއްޖޭގެ އައިޖީއެސް އިން އެކުލަވައިލި ފުރަތަމަ ސްޕޭސް ޓީމް: މިއީ ރާއްޖެއިން ހޯދާ ތާރީހީ ކާމިޔާބަކަށްވާނެ -- ފޮޓޯ: އައިޖީއެސް

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަނަށް ތައްޔާރުވާން ރާއްޖެއިން ފުރަތަމަ ފަހަރަށް ސްޕޭސް ޓީމެއް އެކުލަވާލައި އިއުލާންކޮށް ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ. ދިވެހި ސްޕޭސް ޓީމް ހިިމެނެނީ ދެ ޖިންސުން އުމުރުން 30 އަހަރުންދަށުގެ ދިވެހި ޒުވާނުންގެ ހަތް މެންބަރުންގެ މައްޗަށެވެ.

މި ޓީމްގައި އެއިރޮސްޕޭސް އިންޖިނިއަރުންނާއި އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިންޖިނިއަރުންގެ އިތުރުން ކޮމްޕިއުޓަ ސައިންސް ދާއިރާގެ ގްރެޖުއޭޓުން ހިމެނެ އެވެ.

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ކުރިއަށްގެންދާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) ގެ ޗެއާމަން އަދި ސީއީއޯ
ރިފްއަތު މުހައްމަދު ވިދާޅުވީ މި ހާއްސަ އަދި ތާރީހީ މިޝަންގެ މަސައްކަތް ތާވަލާ އެއްގޮތަށް ބަރާބަރަށް ކުރިއަށްދާ ކަމަށާއި ޓީމު ތަމްރީނުކޮށް ނިންމައި، ސެޓެލައިޓް ޑިޒައިން ފައިނަލްކޮށް، ހާޑުވެއާ އޯޑަރު ކޮށްފައިވާ ކަމަށެވެ.

"ކޮވިޑުގެ ބަލިމަޑުކަމާ، އިގްތިސާދީ ދަތިތަކާ ލޮކްޑައުންގެ ގޮންޖެހުމާއެކު ވެސް އަޅުގަނޑުމެންނަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ" ރިފްއަތު ވިދާޅުވި އެވެ.

ދިވެހި ފުރަތަމަ ޖައްވީ މިޝަން ޓީމް

- ހުސައިން އައްސަދު، ރ. އަލިފުށި
- ހުސައިން ރިޒާމް، މާލެ
- އަހްމަދު އިޖާޒް އަބްދުالله، އއ. ބޮޑުފުޅަދޫ
- މަރިޔަމް މަހްރޫސާ އަބްދުއްރަހްމާން، މާލެ
- މަރިޔަމް ޝިމާނަތު، ގދ. ރަތަފަންދޫ
- މުހައްމަދު އަޝްހަމް މުޖުތަބާ، މާލެ
- މުހައްމަދު ޖުނައިދު، ހއ. އިހަވަންދޫ

މި ޓީމުން މިހާރު ވަނީ ނެނޯސެޓެލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯސް ފުރިހަމަ ކޮށްފައެވެ.

ސެޓެލައިޓް ޑިޒައިންކޮށް ބިލްޑްކޮށް، ލޯންޗްކޮށް ސައިންޓިފިކް ރިސާޗް ހަދަން ދަސްކޮށްދޭ މިކޯސް ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުންނެވެ. ކޭއެސްއެފް ސްޕޭސް ފައުންޑޭޝް އަކީ ސްޕޭސް އިލްމު ފުޅާކޮށް، ސެޓެލައިޓް ލޯންޗް ކޮށްދިނުމުގައި އެހީތެރިކަން ފޯރު ކޮށްދޭ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސްގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން ހަރަކާތްތެރިވެވަޑައިގައިންނަ ވެއެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ މެއިން ޕާޓްނަރަކީ އެޗްޑީސީ އެވެ ފުރަތަމަ މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓް ކުރުމެވެ. މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަ ބެލުމުގެ ގޮތުން އުފައްދާ ސެޓެލައިޓެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.