ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑަށް ގެންގޮސްފި

ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗްގިއާއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ އެ ހާދިސާގައި ސްޓެލްކޯގެ އުމުރުން 43 އަހަރުގެ އެ މުވައްޒަފު ހަށިގަނޑުގެ އެކި ތަންތަން ވަނީ ފިހިފަ އެވެ.

ހުޅުމާލެ އިންޖީނު ގޭގައި ސްޓެލްކޯ މުވައްޒަފުން މަސައްކަތް ކުރަނީ -- ސްޓެލްކޯ

ހުޅުމާލެ ބާ އިންޖީނު ގޭގައި މިދިޔަ ބުދަ ދުވަހު ހިނގި ހާދިސާއެއްގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާ އަށް ތައިލެންޑަށް ގެންގޮސްފި އެވެ.

ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗްގިއާއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ އެ ހާދިސާގައި ސްޓެލްކޯގެ އުމުރުން 43 އަހަރުގެ އެ މުވައްޒަފު ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އޭނާ އަކީ ސްޓެލްކޯގައި މަސައްކަތް ކުރާ ތަޖުރިބާކާރު އިންޖިނޭރެކެވެ.

ސްޓެލްކޯ އިން މިއަދު ބުނީ އެ މުވައްޒަފު އިތުރު ފަރުވާއަށް، ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

" އަޅުގަނޑުމެންގެ ދުއާ އަކީ އެ މުވައްޒަފަށް އަވަސް ޝިފާއެއް ލިބި، އަލުން ހެޔޮ ހާލުގައި ވަޒީފާއަށް ނިކުމެވުމުގެ ތައުފީގު މާތް ﷲ ދެއްވެވުން،" ސްޓެލްކޯ އިން ބުންޏެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން އެ ކުންފުނިން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހާދިސާއާއި ގުޅިގެން އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ އާއިލާއާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭރު ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.