މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އަސްމާ ވަކިކޮށްފި

މާފަންނުގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން ހަމަޖައްސާފައިވާ ބައްދަލުވުމަށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތައް އަސްމާއަށް ފޮނުވަން އެ ދާއިރާގެ ރައްޔިތުންނަށް މެސެޖެއް ފޮނުވި މައްސަލަ ވަނީ ހޫނުވެފައި.

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު. --ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރުގެ ގޮތުގައި ހުންނެވި، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އެ ކޮމިޓީން ވަކިކޮށްފި އެވެ. 

މަޖިލީހުގެ މިއަދު ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޮމިޓީގެ މުގައްރިރުކަން ކުރައްވަމުން ގެންދެވި އަސްމާގެ ބަދަލުގައި ޕީއެންސީ އިން އިޖުތިމާއީ ކޮމިޓީއަށް އައްޔަން ކުރީ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ހަމަޖައްސަވާފައިވާ ކަމަށެވެ.

އިޖުތިމާއީ ކޮމިޓީން އަސްމާ ވަކިކޮށްފައިމިވަނީ، މާފަންނުގެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަން ހަމަޖައްސާފައިވާ ބައްދަލުވުމަށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތައް އަސްމާއަށް ފޮނުވަން އެ ދާއިރާގެ ރައްޔިތުންނަށް މެސެޖެއް ފޮނުއްވި މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅިގެން، ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ، ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާއިރު، ދުރާލައި ސުވާލުތައް ފޮނުވަންނުޖެހޭނެ ކަމަށާއި އެ މީހަކު ބޭނުންވާ ސުވާލެއް ނޫނީ ހިޔާލެއް ސީދާ ރައީސް އާ ކުރުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭގެފަހުން އަސްމާ ވަނީ އެކަމާ ގުޅިގެން މާފަށް ވެސް އެދިވަޑައިގެންފަ އެވެ. މިދިޔަ ހުކުރު ދުވަހު އަސްމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސުވާލުތައް ފޮނުވަން އެދުނީ ރައީސްގެ ބައްދަލުވުމަށް ނުދެވޭ ރައްޔިތުންނަށް ވެސް ސުވާލުކުރުމުގެ މަގުފަހިކޮށްދިނުމަށް ކަމަށާއި، މިކަމާ ގުޅިގެން އޮޅުމެއް އަރާފައިވާނަމަ އެކަމަށް މާފަށް އެދޭ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.