ހަށިވިއްކުމުގެ ވިޔަފާރި ކުރާ ތަނެއް ރެއިޑްކޮށް، ދިވެއްސަކާއި ބިދޭސީ އަންހެނުންތަކެއް ހައްޔަރު ކޮށްފި

ފުލުހުން ބުނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެއެޕާޓްމަންޓް ބަލައިފާސްކުރިއިރު، 19،100 އަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި 18،000 ރުފިޔާ އަށްވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށެވެ.

ހަށިވިއްކުމުގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން --

ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާއަށް ހަށިވިއްކުވައި، އެ ފައިސާތައް ބޭނުންކުރުމާއި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި ދިވެއްސަކާއި ބިދޭސީ ހަތަރު އަންހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެއީ ރ. ރަސްގެތީމު، ކިއުބާ، ޙުސައިން ސޮލާހު 40، އާއި އުޒްބެކިސްތާނުގެ 4 އަންހެނުންކަމަށްވާ ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ 40، އާއި ޑިލްޑޯރާ އެގަމްނަޒޮވާރާ 31، އާއި ޝަހުޒޮޑަހޮން ރުސްތަމޯވާ 28، ގެ އިތުރުން އުމިޑަބޮނޫ ނެމަޓޯވާ 34، އެވެ. 

ފުލުހުން ބުނީ މި ފަސް މީހުންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 2 ގެ ހިޔާ 12 ވަނަ ޓަވަރުގެ އެޕާރޓްމަންޓެއް ބަލައިފާސްކޮށް، ކުށުގެ ވެށިން ކަމަށެވެ. އަދި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ހުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ މިކަމުގައި އިސްކޮށް އުޅޭ ދެ މީހުން ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެއެޕާޓްމަންޓް ބަލައިފާސްކުރިއިރު، 19،100 އަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި 18،000 ރުފިޔާ އަށްވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ 10 ދުވަހަށް އަދި އަނެއް ތިން އަންހެނުންނަށް ފަސް ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.