ނޮވެމްބަރު މަހު އައި 165,820 އާ އަޅާބަލާއިރު 13 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިއީ މިދިޔަ ހަ އަހަރުތޭ އެންމެ ގިނައިން ނޮވެމްބަރު މަހު ޓޫރިސްޓުން ޒިޔާރަތް ކުރި މަހެވެ.

މި އަހަރުގެ މިދިޔަ ނޮވެމްބަރު މަހު ޓޫރިޒަމަށް 13 ޕަސެންޓްގެ ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް 187,424 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރި ނޮވެމްބަރު މަހު އައި 165,820 އާ އަޅާބަލާއިރު 13 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިއީ މިދިޔަ ހަ އަހަރުތޭ އެންމެ ގިނައިން ނޮވެމްބަރު މަހު ޓޫރިސްޓުން ޒިޔާރަތް ކުރި މަހެވެ.
ޓޫރިޒަމް މައުލޫމާތުތައް ދައްކާ ގޮތުން މިމަހުގެ ނިޔަލަށް ރާއްޖެއަށް 2,014,358 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކީ އަދިވެސް މި އަހަރު ފެށުނު ހިސާބުން ފެށިގެން ޗައިނާ އެވެ. އެ ގައުމުން 311,816 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އަދި ދެވަނާގައި އޮތީ ރަޝިއާ އެވެ. އެ ގައުމުން 253,092 މީހުން އައިސްފައިވެ އެވެ. އަދި ތިންވަނާގައި އޮތީ އިނގިރޭސިވިލާތެވެ. އެ ގައުމުން 180,597 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.
ސަރުކާޜުން ވަނީ މި އަހަރު 2.3 ނުވަތަ 2.2 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާކޮށްފަ އެވެ. އަދި ޓޫރިޒަމް މިނސްޓްރީން ވަނީ މި އަހަރު ޓޫރިޒަމަށް ލިބޭ އާމްދަނީ 15.3 ޕަސެންޓް އިތުރުވާނެ ކަމަށް ވެސް ބުނެފަ އެވެ.