”ސިލޯނާއެކު ދިވެހިން“ ޓެލެތޯންގެ ފަންޑަށް ސްޓެލްކޯގެ ފަރާތުން 250،000 ރުފިޔާ ހަދިޔާކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ޝަރީފެވެ.

އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ގައުމަށް އެހީގެ ގޮތުގައި ސްޓެލްކޯއިން 250،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
ތޫފާން ”ޑިޓްވާ“ އާ ގުޅިގެން ދައުލަތުގެ މީޑިއާ އިން އިސްނަގައިގެން ކުރިއަށްގެންދާ ”ސިލޯނާއެކު ދިވެހިން“ ޓެލެތޯންގެ ފަންޑަށް ސްޓެލްކޯގެ ފަރާތުން 250،000 ރުފިޔާ ހަދިޔާކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ޝަރީފެވެ.
މި ޓެލެތޯނަށް މިހާތަނަށް ވަނީ 6 މިލިޔަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ފައިސާގެ އެހީ ލިބިފައެވެ.
ޕީއެސްއެމްއިން އިސް ނަގައިގެން 37 މީޑިއާ ހައުސްގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މި ޓެލެތޯން މިއަދު މެދުންދުގެ 1:00 އާ ހަމައަށް ކުރިއަށްދާނެ އެވެ. މި ޓެލެތޯން މެދުވެރިކޮށް މިހާތަނަށް ފަސް މިލިއަން ރުފިޔާ ވަނީ އެއްކޮށްފަ އެވެ.