ސިލޯނަށް އެހީގެ ގޮތުގައި އެސްޓީއޯއިން 250،000ރ. ހަދިޔާކޮށްފި

އެހީއަކީ އެސްޓީއޯ ގްރޫޕުގައި ހިމެނޭ އެލައިޑް އިންޝުއަރެންސާއި މޯލްޑިވް ގޭސް އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ދިން އެހީތެރިކަމެކެވެ.

އެސްޓީއޯގެ ޓީމުން ފައިސާގެ އެހީ ހަވާލު ކުރަނީ -- ޕީއެސްއެމް

ސްރީލަންކާ އަށް ތޫފާނުގެ ސަބަބުން ގެއްލުންތަކަށް އެހީވާން މީޑިއާތަކުން ހިންގާ "ސިލޯނާއެކު ދިވެހީން" ޓެލެތޯން މެދުވެރިކޮށް އެސްޓީއޯއިން 250,000 ރުފިޔާގެ ފައިސާގެ އެހީއެއް ދީފި އެވެ. 

ގައުމީ ޓީވީން 48ގ ގަޑިއިރަށް ކުރިއަށްދާ މި ޓެލެތޯން މެދުވެރިކޮށް ލަންކާއަށް އެހީވާން ދިން އެސްޓީއޯއިން ދިން މި އެހީ ހަވާލުކުރި މި އެހީއަކީ އެސްޓީއޯ ގްރޫޕުގައި ހިމެނޭ އެލައިޑް އިންޝުއަރެންސާއި މޯލްޑިވް ގޭސް އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ދިން އެހީތެރިކަމެކެވެ. 

މި ޓެލެތޯނަށް މިހާތަނަށް ވަނީ 6 މިލިޔަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ފައިސާގެ އެހީ ލިބިފައެވެ.

ޕީއެސްއެމްއިން އިސް ނަގައިގެން 37 މީޑިއާ ހައުސްގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މި ޓެލެތޯން މިއަދު މެދުންދުގެ 1:00 އާ ހަމައަށް ކުރިއަށްދާނެ އެވެ. މި ޓެލެތޯން މެދުވެރިކޮށް މިހާތަނަށް ފަސް މިލިއަން ރުފިޔާ ވަނީ އެއްކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.