މިރޭ މެންދަމު 1:00 އާ ހަމައަށް ކުރިއަށްދާ ޓެލެތޯންގެ ތެރެއިން މިހާތަނަށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.

ތޫފާނު ދީތުވާގެ ސަބަބުން އަވައްޓެރި ސްރީލަންކާއަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 25،000 އެމެރިކާ ޑޮލަރު ހަދިޔާކޮށްފި އެވެ.
އެ ތޫފާނުގެ ސަބަބުން ލަންކާގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، ލަންކާގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމްއިން އިސްނަގައި، ގިނަ މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދާ "ސިލޯނާ އެކު ދިވެހިން" ޓެލެތޯންގެ ތެރެއިން ބީއެމްއެލްގެ އެހީ ހަވާލުކޮށްދެއްވީ އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފެވެ.
ޝަރީފު ވިދާޅުވީ، އަވައްޓެރި ސްރީ ލަންކާ އަކީ ރާއްޖެއާ އެކު ވިޔަފާރީގެ ގިނަ ގުޅުންތަކެއް އޮންނަ ގައުމެއް ކަމަށާއި ބީއެމްއެލްއާ އެކު ވެސް ލަންކާގެ ވިޔަފާރިތައް މަސައްކަތްކުރާ ކަމަށެވެ. އަދި އެ ގައުމުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ ބޭންކް އެކައުންޓްތައް ވެސް ބީއެމްއެލް ހުޅުވާފައި އެބަހުރި ކަމެވެ. މިއީ އެ ގައުމަށް ކުރިމަތިވި ކާރިސާއަށް އެހީވުމުގެ ގޮތުން ދޭ ޑޮނޭޝަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިރޭ މެންދަމު 1:00 އާ ހަމައަށް ކުރިއަށްދާ ޓެލެތޯންގެ ތެރެއިން މިހާތަނަށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.