ސްޓެލްކޯގެ މިދިޔަ ދެ އަހަރު | 10 އަހަރާ ނުބައްދަލު މަސައްކަތް

ކަރަންޓުގެ ކެޕޭސިޓީ މަތި ކުރުމަށް ސްޓެލްކޯއިން ކުރި ވަރަށް މިދިޔަ 10 އަހަރު ތެރޭގައިވެސް މަސައްކަތްކޮށްފައެއް ނެތެވެ. މިގޮތުން 29 ރަށެއްގައި ޖުމްލަ 44 ޖެންސެޓް ބަހައްޓައި އެ ރަށްތަކަށް ޖުމްލަ 23.9 މެގަވޮޓްގެ ކެޕޭސިޓީ ވަނީ މަތިކޮށްފަ އެވެ.

ސްޓެލްކޯ މުވައްޒަފުންގެ މަސައްކަތުން ބެހެއްޓި ޖަނަރޭޓަރު ސެޓުތައް

ރައީސް ޑ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މިދިޔަ ދެއަހަރު ވެގެންދަނީ ސްޓެލްކޯގެ ތާރީހުގައި ގިނަ ކާމިޔާބީތަކެއް ހޯދި ދެ އަހަރަށެވެ. މި ކުންފުނިން މިދިޔަ ދެ އަހަރުތެރޭ އެ ކުންފުނިން މަސައްކަތް ކުރާ ގިނަ ދާއިރާތަކުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. މިގޮތުން ސްޓެލްކޯއިން ހޯދި އެންމެ މުހިންމު އެއް ކާމިޔާބީއަކީ ކަރަންޓު ދޭން އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތް ވަރުގަދަކޮށް ގިނަ ރަށްރަށެއްގައި ކަރަންޓުގެ ވިއުގަ ގާއިމްކޮށް ރަށްރަކަށް ގިނަ އަދަދެއްގެ ޖަނަރޭޓަރުތައް ފޯރުކޮށް ދިނުމެވެ. 

ކަރަންޓުގެ ވިއުގަ ގާއިމް ކުރަން އެ ކުންފުނިން ވަނީ އަތޮޅުތެރޭގެ ކަރަންޓު ނެޓްވާކް އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ތެރެއިން 15 ރަށެއްގައި ކޭބަލް އަދި އެހެނިހެން ވަސީލަތްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތްކޮށްފަ އެވެ. މިގޮތުން ކ. އަދި އއ. އާއި އދ. އަތޮޅު އަދި ވ. އަތޮޅުގެ ރަށްތަކެއްގައި ވަނީ މި މަސައްކަތްކޮށްފަ އެވެ.

ވިއުގަ ވަރުގަދަ ކުރި ރަށްތައް

  •  ކ. އަތޮޅު - ގުރައިދޫ ، ހިންމަފުށި، ގުރައިދޫ، ތުލުސްދޫ، ގުޅި، ދިއްފުށި، މާފުށި، ތިލަފުށި
  •  އއ. އަތޮޅު- ތޮއްޑޫ، ބޮޑުފޮޅުދޫ، ފެރިދޫ،
  •  އދ. އަތޮޅު - މަހިބަދޫ، ރަސްދޫ
  •  ވ. ފެލިދޫ، ތިނަދޫ، ފުލިދޫ

29 ރަށެއްގައި ޖުމްލަ 44 ޖެންސެޓް

ސްޓެލްކޯ އެމްޑީ އަޙްމަދު ޝަމާހް -- ފޮޓޯ : ރައީސް އޮފީސް

ކަރަންޓުގެ ކެޕޭސިޓީ މަތި ކުރުމަށް މިދިޔަ ދެ އަހަރު ސްޓެލްކޯއިން ކުރި ވަރަށް މިދިޔަ 10 އަހަރު ތެރޭގައިވެސް މަސައްކަތްކޮށްފައެއް ނެތެވެ. މިގޮތުން 29 ރަށެއްގައި ޖުމްލަ 44 ޖެންސެޓް ބަހައްޓައި އެ ރަށްތަކަށް ޖުމްލަ 23.9 މެގަވޮޓްގެ ކެޕޭސިޓީ ވަނީ އިތުރުކުރެވިފަ އެވެ. އެގޮތުން ސްޓެލްކޯ އިން މިދިޔަ ދެ އަހަރު މާލެ އަތޮޅުގެ 9 ރަށުގައި އިތުރު 15 ޖެންސެޓް ބެހެއްޓިފައިވ އެވެ. މީގެ ތެރެއިން 12 ޖެންސެޓަކީ މުޅިން އައު ޖެންސެޓެވެ. މި 15 ޖެންސެޓާއިއެކު މި 9 ރަށަށް ޖުމްލަ 12.8 މެގަވޮޓްގެ ކެޕޭސިޓީ ވަނީ އިތުރުކުރެވިފައި އެވެ. މި ޖެންސެޓް ބެހެއްޓި އަތޮޅުތަކުގެ ތެރޭން ކަރަންޓު ދެވޭ ކެޕޭސިޓީ އިތުރުކުރުމަށް މިދިޔަ ދެ އަހަރު ފެލިދެ އަތޮޅުގެ ފަސް ރަށުގައި އިތުރު 5 ޖެންސެޓް ބެހެއްޓިފައިވެ އެވެ. މީގެ ތެރެއިން ދެ ޖެންސެޓަކީ މުޅިން އައު ޖެންސެޓެވެ. މި ފަސް ޖެންސެޓާއިއެކު މި ފަސް ރަށަށް ޖުމްލަ 1.8 މެގަވޮޓްގެ ކެޕޭސިޓީ ވަނީ އުފެއްދިފަ އެވެ. މިއީ ރާއްޖޭގެ އެންމެ ކުޑަ ނަމަވެސް ޓޫރިޒަމް ފުޅާވަމުން އަންނަ އަތޮޅެކެވެ. އަދި އަރިއަތޮޅު ދެކުނުބުރީގެ 8 ރަށަށުގައި އިތުރު 13 ޖެންސެޓް ބެހެއްޓިފައިވެ އެވެ. މީގެ ތެރެއިން 6 ޖެންސެޓަކީ މުޅިން އައު ޖެންސެޓެވެ. މި 13 ޖެންސެޓާއިއެކު މި 8 ރަށަށް ޖުމްލަ 3.7 މެގަވޮޓްގެ ކަރަންޓު ދަނީ އުފައްދަމުންނެވެ. އަދި އަރިއަތޮޅު އުތުރުބުރީގެ ހަތް ރަށަށުގައި އިތުރު 11 ޖެންސެޓް ބެހެއްޓިފައިވެ އެވެ މީގެ ތެރެއިން އަށް ޖެންސެޓަކީ މުޅިން އައު ޖެންސެޓެވެ. މި 11 ޖެންސެޓާއިއެކު މި ހަތް ރަށަށް ޖުމްލަ 5.4 މެގަވޮޓްގެ ކަރަންޓު ދަނީ އުފައްދަމުންނެވެ.

މީގެ އިތުރުން މާލޭގައި މާލޭގެ ކެޕޭސިޓީއަށް އެއްހަމަ ކުރަން މާލެ ސަރަހައްދުގައި ހިންގަން ޖެހޭ ކަރަންޓު ވިއުގައިގެ މަޝްރޫއު ހިންގާފައި ނުވާތީ އިތުރު މަސައްކަތްތަކެއް އެ ކުންފުންޏަށް ކުރަން މަޖުބޫރުވި އެވެ. މާލެ ސަރަޙައްދަށް ކަރަންޓު ދެވޭ ކެޕޭސިޓީ އިތުރުކުރުމަށް ވޭތުވެދިޔަ ދެ އަހަރުތެރޭގައި 1.6 މެގަވޮޓުގެ ހައިސްޕީޑް 20 ޖެންސެޓް މާލެ ސަރަޙައްދަށް އިތުރުކުރެވިފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.