ލަންކާ ރައްޔިތުންނަށް އެހީވާން އެމްޕީއެލް އިން މަސައްކަތް ފަށައިފި

މި ޓެލެތޯންގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށިތައް ވަނީ ބަހައްޓާފަ އެވެ. އަދި، ޓްރާންސްފާ ކުރުމަށް ހާއްސަ އެކައުންޓެއް ވެސް ވަނީ ހުޅުވައިފަ އެވެ. އެގޮތުން، ދިވެހި ރުފިޔާ 7730000796107 އެކައުންޓަށެވެ.

އެމްޕީއެލްގެ ސީއީއޯ ރިޝްވާން މަސްވެރިންނާ ވާހަކަ ދައްކަވަނީ -- އެމްޕީއެލް

ސްރީލަންކާ ރައްޔިތުންނަށް އެހީވާން މީޑިއާތަކުން ފެށި ޓެލެތޯންގައި ބައިވެރިވި، އެމްޕީއެލް ތެރޭގައި ފަންޑް ފޮށިތަކެއް ބަހައްޓައިފި އެވެ.

އެމްޕީއެލް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއީން ވިދާޅުވީ ޓެލެތޯންގެ މައުލޫމާތު އެ ކުންފުންޏަށް ލިބުނީ މިއަދު ހެނދުނު ކަމަށާ އެ ވަގުތުން ފެށިގެން އެ ކުންފުނިން މަސައްކަތް ފަށާފައިވާ ކަަށެވެ. މި މަސައްކަތުން ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަވަށްޓެރި ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކަށް އަރައިގަތުމަށް ދިވެހިންގެ ފަރާތުން އެހީވުމަށް ކުރިއަށް ގެންދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯނެއް ވަނީ ފަށާފަ އެވެ.  މިއީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ރާއްޖޭގެ ބައެއް އެހެން މީޑިއާތަކާ ގުޅިގެން މިއަދު ހެނދުނު 9:00 ގައި ފެށި ޓެލެތޯންއެކެވެ. މި ޓެލެތޯން މިރޭ މެންދަމު 1:00 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ. ޖުމުލަ 37 މީޑިއާއަކާއެކު ކުރިއަށް ގެންދާ މި ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހިންގެ އިތުރުން ކްލަބްތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އޮފީސްތަކަށް ވެސް ވަނީ ހުޅުވާލައިފަ އެވެ.

މި ޓެލެތޯންގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށިތައް ވަނީ ބަހައްޓާފަ އެވެ. އަދި، ޓްރާންސްފާ ކުރުމަށް ހާއްސަ އެކައުންޓެއް ވެސް ވަނީ ހުޅުވައިފަ އެވެ. އެގޮތުން، ދިވެހި ރުފިޔާ 7730000796107 އެކައުންޓަށް، އަދި ޑޮލަރު ޖަމާކުރާނީ 7730000796106 އަށެވެ.

ޕީއެސްއެމް އިން ބުނީ މި މަސައްކަތް ކުރަނީ މިނިވަން އޮޑިޓް ފާމެއްގެ ބެލުމުގެ ދަށުން، ދެފުށް ފެންނަ ގޮތަށް ކަމަށެވެ. މި ޓެލެތޯންގެ އޮޑިޓް ފާމްގެ ގޮތުގައި މަސައްކަތް ކުރަނީ ކްރޯ މޯލްޑިވްސް އެވެ.

ލަންކާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން ވެސް ވަނީ 50،000 ޑޮލަރާއި 25،000 މަސްދަޅު ހަދިޔާ ކުރަން ނިންމައިފަ އެވެ.

ލަންކާއަށް އެރި ތޫފާން ދީތުވާގައި ފެން ބޮޑުވެ، ނުރައްކާތެރި ހާދިސާތައް ހިނގާފައިވެ އެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު 159 އަށް ވަނީ އަރައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.