މެކްސްކޮމް އަގުހެޔޮ ކޮށްލާފަ، އަހަރު ނިންމާލަނީ

މެކްސްކޮމް ސޯސަން މަގު ފިހާރާގައި ކުރިއަށް ގެންދާ މި ސޭލްގައި ޑެލްގެ ޕްރޯ ލެޕްޓޮޕް ސީރީސް އަގުހެޔޮކޮށް ލިބެން ހުންނާނެ އެވެ. އަދި ޑެލްގެ އެންމެ ފަހުގެ ޑެލްޕްރޯ ސީރިސްގެ ޑެސްކްޓޮޕް އާއި ލެޕްޓޮޕްތަކަށް ތިން އަހަރުގެ ވޮރަންޓީއެއް ލިބޭނެ އެވެ.

ބޭނުމީ ކޮމްޕިއުޓަރެއް ހެއްޔެވެ؟ ނޫނީ ލެޕްޓޮޕެއް ހެއްޔެވެ؟ ނުވަތަ ޑެސްޓޮޕް ކޮމްޕިއުޓަރެއް ހެއްޔެވެ؟ މީގެ ހުރިހާ އެއްޗެއް ވެސް އެންމެ އަގުހެޔޮކޮށް މާލޭގައި ލިބޭނީ މެކްސްކޮމް ޓެކްނޮލޮޖީސް އިން ނެވެ. އެ ކުންފުނިން މިވަނީ މި ސާމާނުގެ އިތުރު އައިޓީ ގިނަ އާލާތްތައް ހިމެނޭހެން މި އަހަރު ނިންމާލަން " އިޔާ އެންޑް ސޭލެއް 2025" ފަށާފަ އެވެ.

މެކްސްކޮމް ސޯސަން މަގު ފިހާރާގައި ކުރިއަށް ގެންދާ މި ސޭލްގައި ޑެލްގެ ޕްރޯ ލެޕްޓޮޕް ސީރީސް އަގުހެޔޮކޮށް ލިބެން ހުންނާނެ އެވެ. އަދި މިހާރު މެކްސްކޮމް އިން ޑެލްގެ އެންމެ ފަހުގެ ޑެލްޕްރޯ ސީރިސްގެ ޑެސްކްޓޮޕް އާއި ލެޕްޓޮޕްތަކަށް ތިން އަހަރުގެ ވޮރަންޓީއެއް ލިބޭނެ އެވެ.

ޑެލްއަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑެވެ. މެކްސްކޮމްއަކީ ޑެލްގެ ރާއްޖޭގެ އޮތޮރައިޒް ރީސެލާ އެވެ. ޑެލްގެ އިތުރުން އެމްއެސްއައި ފަދަ ބްރޭންޑްތަކުގެ ލެޕްޓޮޕްތައް ވެސް މި ސޭލްގައި ލިބެން ހުންނާނެ އެވެ. މި ލެޕްޓޮޕްތަކުގެ ތެރޭގައި ގްރެފިކްސް ޑިޒައިނަރުން ފަދަ ޕްރޮޕެސަޝަލް މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ލެޕްޓޮޕްތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން ޑެސްޓޮޕް ކޮމިއުޓަރު ވެސް ހިމެނެ އެވެ.

ވާވޭއިން ދިން ދެ އެވޯޑްގެ ތެރެއިން ބެސްޓް ގްރޯތު އެވޯޑާއި މެކްސްކޮމްގެ ވެރިޔާ ފަޒީލު ހަވާލުވެ ވަޑައިގަންނަވަނީ -- މެކްސްކޮމްގެ ފޮޓޯއެއް

މެކްސްކޮމް އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މި ސޭލް މި އަހަރު ވެސް ހާއްސަ ވާނެ އެވެ. އަދި މެކްސްކޮމް އިން ދޭ ޔަގީން ކަމަކީ މި ސޭލުން ވިޔަފާރި ކުރާ ކަސްޓަމަރެއް ނުކުންނާނީ ހިތްހަމަ ޖެހިގެން އުފަލުންނެވެ.

މެކްސްކޮމް އަށް ދާދި ފަހުން ވަނީ ނެޓްވޯކިންއާ ގުޅުން ހުރި ސާމާނު ވެސް ތައާރަފުކޮށްފަ އެވެ. އެެހެންވެ މިހާރު ނެޓްވޯކް ކާޑާއި އެޑެޕްޓަރުގެ އިތުރުން އެޗްޑީއެމްއައި ކޭބަލް އަދި ފައިބަ އޮޕްޓިކަލް ކޭބަލް ވެސް ލިބެން ހުންނާނެ އެވެ. އެހެންވެ ގިނަ ފިހާރަތަކަށް ދުވުމުގެ ބަދަލުގައި މެކްސްކޮމް އަށް ގޮސް މި ހުރިހާ އެއްޗެއް އެއް ފުރާޅެއްގެ ދަށުން ހޯދޭނެ އެވެ. މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ ބޮޑު އުފަލެކެވެ. މީގެ އިތުުރުން މެކްސްކޮމް އިން ވިއްކާ ތަކެއްޗަކީ ސީދާ އޮތޮރައިޒް ބޭރުގެ މައި ކުންފުނި ގެންނަ ތަކެއްޗަށްވުމަކީ ކަސްޓަމަރުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ. މި ތަކެތީގެ ކޮލިޓީއާމެދު ސުވާލެއް ނެތުމަކީ އެންމެ ބޮޑު އުފަލެވެ.

މި ޕްރޮމޯޝަން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށްދާއިރު މި މުއްދަތުގައި ވިޔަފާރި ކުރަންދާ ކަސްޓަމަރުންނަށް ހާއްސަ އަގުތަކެއްގައި މި އުފެއްދުންތައް ލިބުމަކީ ކަސްޓަމަރުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.