ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެމްޕޭނު މެނޭޖަރަކަށް ފަލާހު

އިނގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވާ ފަލާހު، ޕީއެންސީގެ ކެމްޕެއިން މެނޭޖަރު ކަމަށް ހަމަޖައްސާފައިވާކަން އެ ޕާޓީން ހާމަކުރީ އިއްޔެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި، ސަރުކާރު ހިންގާ ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް، އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ހަމަޖައްސައިފި އެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވާ ފަލާހު، ޕީއެންސީގެ ކެމްޕެއިން މެނޭޖަރު ކަމަށް ހަމަޖައްސާފައިވާކަން އެ ޕާޓީން ހާމަކުރީ އިއްޔެ އެވެ.

ފަލާހަކީ މިވަގުތު ޕީއެންސީގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިތުބާރު ކުރައްވާ އެއް ބޭފުޅާ އެވެ.

އަންނަ މާޗު މަހުގެ 28 ވަނަ ދުވަހު ބާއްވާ އެ އިންތިހާބުގައި ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުން އަދި ކަނޑައަޅާފައެއް ނުވެ އެވެ. އިންތިހާބަށް ކުރިމަތިލާން އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލާނީ ޖެނުވަރީ މަހުގެ 17 ވަނަ ދުވަހު އެވެ.

އީސީން ވަނީ އިންތިހާބުގެ ތައްޔާރީތައް މިހާރު ފަށައިފަ އެވެ. އެގޮތުން މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، 7000 އަށްވުރެ ގިނަ އޮފިޝަލުން ހޯދަން ވަނީ ހުޅުވާލައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.