ހުޅުމާލޭން ކުޑަކުއްޖަކު ގެއްލިގެން ހޯދާތާ 2 ދުވަސް

ފުލުހުން ބުނީ މިދިޔަ ހުކުރު ފުވަހު 05:55 އެހާކަންހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ހަމަ އެދުވަހުގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ގެއްލިގެން ހޯދާ ޝިބާ ރަޝީދު --

ހުޅުމާލެ ދެވަނަ ފިޔަވަހިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ ރ. ދުވާފަރު، ސިކްސް ސެންސް، ޝިބާ ރަޝީދު އެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ފުވަހު 05:55 އެހާކަންހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ހަމަ އެދުވަހުގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިކަމުގެ މައުލޫމާތު ލިބުމާއެކު ކަމާގުޅުންހުރި ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ނަމަވެސް ކުއްޖާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން، ޝިބާ ރަޝީދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅައިގެން މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.