މި ހުރިހާ ބައިތަކެއް ފުރިހަމަވުމުން ކްލެއިމް އަށް އެދި ހުށަހެޅޭނެ އެވެ. މީގެ އިތުރުން އެލައިޑު އިންޝުއަރެންސުގެ މައުލޫމާތެއް ބޭނުންވަނަމަ އެލައިޑް އިންޝުއަރެންސް ނަމްބަރު 1600 އިން ލިބޭނެ އެވެ.

އިންޝުއަރެންސުގެ ހިދުމަތެއް ހޯދުމަށްފަހު ގިނަ ބަޔަކު ހީކުރާ ގޮތުގައި އޭގެ ކްލެއިމް ނުވަތަ ބަދަލު ހޯދުމަކީ ދަތިކަމެކެވެ. ނަމަވެސް އެލައިޑް އިންޝުއަރެންސުގެ ކަސްޓަމަރުންނަށް މިކަން ވަނީ ބޮޑު ތަނުން ލުއިކޮށް ދީފަ އެވެ. މި ލުއިކަން ގެނެސްދީފައިވަނީ އެލައިޑް އިންޝުއަރެންސުގެ މޮބައިލް އެޕްގާއި ވެބްސައިޓުންނެވެ. ހާއްސަކޮށް އެލައިޑް އެޕުން ކްލައިމަކަށް ހުށަހެޅުމަކީ ސިކުންތު ކޮޅެއްގެ ފަސޭހަ ކަމެކެވެ.
ސުވާލަކީ ކްލައިމަކަށް އެދި ހުށަހަޅާނީ ކިހިނެއް ހެއްޔެވެ؟ ކްލެއިމަކަށް ހުށަހެޅުން މިއީ ދަތި ކަމެއް ހެއްޔެވެ؟
މިކަމަށް އެލައިޑުން ވަނީ ފަސޭހަ ލުއި ގޮތްތަކެއް ހަމަޖައްސައިދީފަ އެވެ. ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެލައިޑް އެޕް ހުޅުވާލުމެވެ. ރެޖިސްޓްރާ ކުރުމަށްފަހު، އެ މީހެއްގެ ޕްލޭން ހިޔާރުކޮށްލަން ޖެހެ އެވެ.
އެއަށްފަހު "މައިޕްލޭން" ޓެބުން އެ މީހެއްގެ "ހެލްތް ޕްލޭން " ސިލެކްޓްކޮށްލަން ޖެހެ އެވެ. މީގެ އިތުރުން ދެން ޖެހޭނީ އެކަމަށް ބޭނުންވާ މައުލޫމާތު ފުރިހަމަކޮށްލުމަށްފަހު ޑޮކިއުމެންޓްތައް ހިމަނާލާށެވެ. ޔަގީން ކުރަން ޖެހޭ ކަމަކީމި އެވެ. ޑޮކިއުމެންޓް ފުރިހަމަ ކުރުމަކީ އެންމެ މުހިންމު ކަމެވެ. އެންމެ ބޮޑަށް ބޭނުންވާނީ ބޭސްފަރުވާއާ ގުޅުންހުރި މައިގަނޑު ޑޮކިއުމެންޓްތައް ހަމަ ކުރުމެވެ. މިގޮތުން މެމޯ އާއި ޕްރިސްކްރިޕްޝަން އަދި ބިލުތަކާއި ބޭސްފަރުވާ އަށް ކުރި ހުރިހާ ހަރަދެއްގެ އަސްލު ބިލުތަކާއި ފައިސާ ދެއްކިކަމުގެ ރަސީދުތައް ހުށަހަޅަން ޖެހެ އެވެ.
މި ޑޮކިއުމެމްޓްތައް އަޕްލޯޑް ކުރެވުނު ތޯ ކަށަވަރު ކޮށްލަންވާނެ އެވެ. އެންމެފަހު ކަމަކަށް ބޭންކް އެކައުންޓު ޑީޓެއިލްސް ފުރިހަމަކޮށްލަން ވާނެ އެވެ.
މި ހުރިހާ ބައިތަކެއް ފުރިހަމަވުމުން ކްލެއިމް އަށް އެދި ހުށަހެޅޭނެ އެވެ. މީގެ އިތުރުން އެލައިޑު އިންޝުއަރެންސުގެ މައުލޫމާތެއް ބޭނުންވަނަމަ އެލައިޑް އިންޝުއަރެންސް ނަމްބަރު 1600 އިން ލިބޭނެ އެވެ.