ރާއްޖެއަށް އެންމެ ގިނައިން ލޯނު ދޭ ލިސްޓުގެ ކުރިއަށް ސައޫދީ

ދަރަނި ދިން ފަރާތްތަކުން ރާއްޖޭން ނުދައްކާ ހުރި އަދަދުގެ ޖުމްލަ މިހާރު ހުރީ 42 ބިލިއަން ރުފިޔާގަ އެވެ. މިއީ 2022 ގައި ހުރި 33 ބިލިއަން ރުފިޔާއާ ބަލާއިރު އިތުރުވުމެއްނަމަވެސް މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާކިޔާނަމަ އިތުރުވެފައެއް ނުވެ އެވެ.

ރައީސް ޑރ. މުއިއްޒު އާއި ސައޫދީ ފަންޑުގެ ސީއީއޯ

ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް މި ވަގުތު އެންމެ ގިނައިން ލޯނު ދޭ ގައުމުތަކުގެ ކުރިއަށް އިންޑިއާގެ ފަަހަތުން ސައޫދީ އަރަބިއްޔާ އަރައިފި އެވެ. 

ފިނޭންސުން ނެރުނު ތިންވަނަ ކުއާޓަރުގެ ދަަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިންޑިއާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކް، ނުވަތަ އިންޑިއަން އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ ދަރަނީގެ ނިސްބަތް އުޅެނީ 9,4 ބިލިއަން ރުފިޔާގަ އެވެ. އަދި ދެން އެންމެ ގިނައީ ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމެންޓް ޑިވްލޮޕްމަންޓުގެ ލޯނުގެ ނިސްބަތް އުޅެނީ 3,5 ބިލިއަން ރުފިޔާގަ އެވެ. 

މި ވަގުތު އެންމެ ގިނައިން ރާއްޖޭގެ މަޝްރޫއުތަކަށް އެހީތެރިކަން ދޭ ލިސްޓުގައި ސައުދީ އޮތްނަމަވެސް މުޅި ޖުމްލަ ދަރަންޏަށް ބަލާއިރު ދެވަނާގައި އޮތީ ޗައިނާ އެވެ. އެ ގައުމުގައި އޮތް ރާއްޖޭގެ ދަރަނި ހުރީ 7,2 ބިލިއަން ރުފިޔާގަ އެވެ. މި އަދަދު 2022 ވަނަ އަހަރު ހުރީ ނުވަ ބިލިއަން ރުފިޔާގަ އެވެ. 

ފިނޭންސް މިނިސްޓަރު ޒަމީރު އާއި ސައޫދީ ފަންޑުގެ ސީއިއޯ ބައްދަލު ކުރައްވަނީ -- ރައީސް އޮފީސް

ދަރަނި ދިން ފަރާތްތަކުން ރާއްޖޭން ނުދައްކާ ހުރި އަދަދުގެ ޖުމްލަ މިހާރު ހުރީ 42 ބިލިއަން ރުފިޔާގަ އެވެ. މިއީ 2022 ގައި ހުރި 33 ބިލިއަން ރުފިޔާއާ ބަލާއިރު އިތުރުވުމެއްނަމަވެސް މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާކިޔާނަމަ އިތުރުވެފައެއް ނުވެ އެވެ.  

ދަރަނި ދިން ފަރާތްތަކާއި ނުދައްކާ ހުރި އަދަދު

  •  ދޭދޭ ގައުމުތަކުގެ ދަަރަނި - 8,4 ބިލިއަން
  •  ބޮންޑު ހޯލްޑަރުން - 7.7 ބިލިއަން
  •  ބަޔާސް ކްރެޑިޓް - 19 ބިލިއަން
  •  މަލްޓިލޭޓަރަލް އެޖެންސީ - 7.4 ބިލިއަން

ދަރަނީގެ މި ހިސާބުތައް ދައްކާ ގޮތުން ރާއްޖޭން ނުދައްކާ ހުރި ދަރަނީގެ %44.8 އަކީ ބަޔާސް ކްރެޑިޓުގެ ގޮތުގައި އެކި ފަރާތްތަކުން ނަގާފައިވާ ދަރަންޏެވެ. މި ބައިގައި ހިމެނެނީ ޗައިނާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކާއި އިންޑިއާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކް ފަދަ ފަރާތްތަކެވެ. 

ރާއްޖޭން މި މުއްދަތުގައި ނަގާފައިވާ ދަރަނީގެ ބޮޑުބައެއް ނަގާފައިވަނީ ޑޮލަރުންނެވެ، މިގޮތުން ޑޮލަރުން 27 ބިލިއަން ރުފިޔާ ދަަރަނި ވަނީ ތިންވަނަ ކުއާޓަރުގައި ނަގާފަ އެވެ. ދެވަނައަށް އެންމެ ގިނައިން ނެގީ ޔޫރޯއިންނެވެ. އެއީ ތިން ބިލިއަން ރުފިޔާގެ ދަރަންޏެވެ.

ފިނޭންސުގެ މައުލޫމާތުތައް ދައްކާ ގޮތުން އެއް ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ވަނީ ތިންވަނަ ކުއާޓަރުގައި އެކަނި ބޭރުގެ ދަރަނި އަދާކުރަން ހަރަދުކޮށްފަ އެވެ. މީގެތެރޭގައި އިންޓްރެސްޓުގެ ގޮތުގައި ދަރަންޏަށް އަދާކުރި 277.0 މިލިއަން ރުފިޔާވެސް ހިމެނެ އެވެ. 

ބޭރުގެ ދަރަނި އަދާކުރި ފަރާތްތައް

  •  ބައިލެޓްރަލްސް - 163.1 މިލިއަން
  •  ބަޔާސް ކްރެޓިޑް - 700.2 މިލިއަން
  •  މަލްޓިލޭޓްރަލް - 159.9 މިލިއަން ރުފިޔާ

ފިނޭންސުގެ މައުލޫމާތުތައް ދައްކާ ގޮތުން ރާއްޖޭގެ ބޭރުގެ ދަރަނި މިހާރު ހުރީ 151 ބިލިއަން ރުފިޔާގަ އެވެ. ބޭރުގެ ދަރަނި ހުރީ 63 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނީގެ ޖުމްލަ އަދަދަކީ 88 ބިލިއަނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.