އެ އޮޕަރޭޝަނުގައި އަންހެނަކާއި ފިރިހެނަކު ހައްޔަރު ކޮށްފައި ވަނީ ބަދުއަހުލާގީ އަމަލު ހިންގަމުން ދަނިކޮށް ކުށުގެ ވެށިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިރޭ ބުނީ ތިނަދޫގައި ފައިސާއަށް ހަށި ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 23:30 ހާއިރު، އެ ސިޓީގެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި އަންހެނަކާއި ފިރިހެނަކު ހައްޔަރު ކޮށްފައި ވަނީ ބަދުއަހުލާގީ އަމަލު ހިންގަމުން ދަނިކޮށް ކުށުގެ ވެށިން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލެންޑް އަންހެނެކެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފިރިހެން މީހާ ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަންހެން މީހާގެ ބަންދަށް ހަތަރު ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައި ވަނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.