އެންމެ ކްރިއޭޓިވް އެމްއެސްއެމްއީއަށް ދޭ އެވޯޑު އެ ކުންފުންޏަށް ދީފައިވަނީ ރޭ ބޭއްވި ރާއްޖޭގެ ފުރަަތަމަ "އެމްއެސްއެމްއީ އެވޯޑު" ގަ އެވެ.

އެންމެ ކްރިއޭޓިވް ނުވަތަ އީޖާދި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ އެވޯޑް އެންކްރިއާ ސްޓޫޑިއޯއިން އުފުލާލައިފި އެވެ.
ކްރިއޭޓިވް އިންޑަސްޓްރީ ނުވަތަ އީޖާދީ ސިނާޢަތް ތަރައްގީކުރުމަށް އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތްތާއި މި ދާއިރާއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގު ވަޒަންކޮށް އެންމެ ކްރިއޭޓިވް އެމްއެސްއެމްއީއަށް ދޭ އެވޯޑު އެ ކުންފުންޏަށް ދީފައިވަނީ ރޭ ބޭއްވި ރާއްޖޭގެ ފުރަަތަމަ "އެމްއެސްއެމްއީ އެވޯޑު" ގަ އެވެ. މި އެވޯޑް އެންކްރިއާ ޕްރައިވެޓް ލިމިޓެޑަށް ހަވާލު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
އެމްއެސްއެމްއީ އެވޯޑު އެންކްރިއާއަށް ލިބުނުއިރު ފަނޑިޔާރުންގެ ކެޓަގަރީން މި ކުންފުންޏާ ވާދަކޮށްފައިވަނީ ޕްބަލިސިޓީ ބިއުރޯ އާއި ޓޮޑީ އެވެ.

މި އެވޯޑާ އެންކްރިއާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހަވާލުވީ އެ ކުންފުނީގެ ޑިރެކްޓަރުން ކަމަށްވާ ހުސައިން ޖިނާނު އަދި ޝާޒިފް އާދަމް އަދި އަބްދުﷲ ޝަފީއު (އަބޯ) އެވެ.
އެންކްރިއާގެ ކުރު ތައާރަފެއް - އެންކްރިއާ އުފަންވީ ޖިނާނު އަދި ޝާޒިފް އާދަމްއާއެކު 2019 ވަނަ އަހަރު އެވެ. އޭގެކުރީގައި މި މޫނުތައް އެނގިގެން ގޮސްފައިވަނީ ޓެކްސްޓާސް ސްޓާޓަޕް ވީކެންޑް އިންނެވެ. އެއީ 2017 ވަނަ އަހަރު އެވެ. މި ކުންފުނީގެ ޕާޓްނަރުންގެ ލިސްޓަށް އަބޯ 2022 ވަނަ އަހަރު ޕާޓްނަރެއްގެ ގޮތުގައި ގުޅިވަޑައިގަތުންވީ މި ކުންފުނީގެ އީޖާދީ މަސައްކަތްތަކުގެ ދުވެލި ހަލުވިވެގެން ދިޔަ އެވެ.
އެ ކުންފުނީގެ ފަރާތުން ވަނީ އީޖާދީ ދާއިރާ އިތުރަށް ފުޅާކޮށް މިހާރު ގިނަ ބައެއްގެ ދިވެހި ފޮންޓް ނަގާ ދިވެހި ޓައިޕް ފައުންޑަރީ ތަރައްގީ ވެގެން ދިޔަ އެވެ. މިގޮތުން އުފެދިގެން އައި "އަކުރު ސްޓޯ" ވެގެން ގޮސްފައިވަނީ ތާނަ ފޮންޓްތައް ވިއްކާ ދިވެހިރާއްޖޭގެ ފުރަތަމަ މާކެޓްޕްލޭސް އަށެވެ. މިހާރު މި ކުންފުންޏަކީ މިފަހުން ފެނުނު އީޖާދީ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކުންފުންޏެކެވެ. މިގޮތުން ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕް 2021 ގެ ބްރޭންޑިން އާއި ގައުމީ އައިޑީ ކާޑު އަލަށް ޑިޒައިންކުރުމުގެ މަސައްކަތް އަދި އިކޮނޮމިކް މިނިސްޓްރީގެ އަގު މޮނިޓަރިން ޕޯޓަލް ތަރައްގީކުރުމުގެ އިތުރުވުން ގިނަ މަސައްކަތްތަކެއް ހިމެނެ އެވެ.