އާންމުން ކުރި ރިޕޯޓުތަކާ ގުޅިގެން ގާނޫނާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކާ ދެކޮޅަށް އޮޕަރޭޝަނެއް ފަށަނީ

"މިއަދު މެންދުރުފަހުން ފެށިގެން، މި ކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ނޭޝަނަލް ޓާސްކް ފޯސްގެ އޮޕަރޭޝަންތައް ފަށާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އިމިގްރޭޝަންގެ ޓީމު މާރުކޭޓް ސަރަހައްދަށް ގޮސް ބިދޭސީންނާ ސުވާލު ކުރަނީ

ބިދޭސީން ރާއްޖޭގައި ގާނޫނާ ހިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން އިކޮނޮމިކް މިނިސްޓްރީން ހުޅުވައިލި ފުރުސަތުގައި އާންމުން ކުރި ރިޕޯޓުތަކާ ގުޅިގެން، އެ ވިޔަފާރިތަކާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް މިއަދު ފަށަން ތައްޔާރުވެފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ރިޕޯޓުކުރަން ހުޅުވާލި ފުރަތަމަ 41 ގަޑިއިރުގެ ތެރޭގައި ގަވާއިދާ ހިލާފަށް ބިދޭސީންގެ ހިންގާ ކަމަށް ފާހަގަކުރެވޭ 29 ވިޔަފާރިއެއްގެ ރިޕޯޓު އާންމު އެކި ފަރާތްތަކުން ލިބިފައިވާ ކަމަށެވެ.

"މިއަދު މެންދުރުފަހުން ފެށިގެން، މި ކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ނޭޝަނަލް ޓާސްކް ފޯސްގެ އޮޕަރޭޝަންތައް ފަށާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި އާންމުންގެ ފަރާތުން މިފަދަ ރިޕޯޓުތައް ލިބުނު ވަރަކަށް އެ ތަންތަން ބަލައި ފާސްކޮށް، ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން ސައީދު ވަނީ ދެއްވައިފަ އެވެ. 

ގާނޫނާ ހިލާފަށް ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވުމަށް ހާއްސަކޮށްފައިވާ ގައުމީ ޓާސްކްފޯހުގައި ހިމެނެނީ އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީ އާއި ޕޮލިހާއި އިމިގްރޭޝަން އަދި ސަރުކާރުގެ ކަމާގުޅޭ އެހެން އިދާރާތަކެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ލިބިފައިވާނަމަ، އެ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓު ނުވަތަ އެ މިނިސްޓްރީގެ ނަމްބަރު 3333199 އަށް ގުޅައިގެން ނުވަތަ އިމުގަ ޕޯޓަލް އިން މައްސަލަ ހުށަހެޅޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.