ބުރިޖު ހައިވޭގައި ޕިކަޕަކާއި ސައިކަލެއް ޖެހި ދެ މީހަކަށް އަނިޔާ

މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު 9:00 ހާއިރު، ހައިވޭގެ މާލޭން ހުޅުމާލެއަށް ދާ ހަތަރު ލޭނު ނިމޭ ހިސާބުގައި ސައިކަލަކާއި ޕިކަޕެއް ޖެހިގެންނެވެ.

ބްރިޖް ހައިވޭ -- ފޮޓޯ: ސަން

ސިނަމާލެ ބްރިޖު ހައިވޭގައި ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އެކިވަރުގެ އަނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު 9:00 ހާއިރު، ހައިވޭގެ މާލޭން ހުޅުމާލެއަށް ދާ ހަތަރު ލޭނު ނިމޭ ހިސާބުގައި ސައިކަލަކާއި ޕިކަޕެއް ޖެހިގެންނެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެން މީހާ އަށާއި، ސައިކަލު ފަހަތުގައި އިން 22 އަހަރުގެ އިންޑިއާ އަންހެނަކަށް ކަމަށެވެ. މި ދެ މީހުންނަށް ވެސް މިހާރު ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، މި އެކްސިޑެންޓްގައި އަނިޔާވި ފިރިހެން މީހާގެ ކަނާއަތު ކޮނޑު ހުޅުން ނެއްޓި، އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި އިންޑިއާ އަންހެން މީހާގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސް، އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.