މުހިންމު މަސައްކަތްތަކެއް ނިންމަން މަޖިލީހުގެ ދައުރު އިތުރު ހަފްތާއަކަށް ދަންމާލައިފި

އަބްދުއްރަހީމް ހުށަހެޅުއްވި ގޮތަށް، ދައުރު އިތުރު ހަފްތާއަކަށް ދަންމާލަން 55 މެމްބަރުންގެ ވޯޓާ އެކު ވަނީ ފާސްކޮށްފަ އެވެ. ދައުރު ދަންމާލުމާ ދެކޮޅަށް ވޯޓު ދެއްވީ ހަތް މެމްބަރުންނެވެ.

މަޖިލީހުގެ ޖަލްސާއެއް. --ފޮޓޯ: މަޖިލީހުގެ އިދާރާ

މުހިންމު މަސައްކަތްތަކެއް ނިންމަންޖެހޭ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މި ހިނދާ ތިންވަނަ ދައުރު އިތުރު ހަފްތާއަކަށް ދަންމާލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މިހާރު މި ހިނގާ ދައުރު ނިމެން އޮތީ މި މަހުގެ ނިޔަލަށް ކަމަށެވެ.

"ނަމަވެސް މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން މުހިންމު މަސައްކަތްތަކެއް ހުރުމާއެކު، އަޅުގަނޑު ގަސްދުކުރަނީ 4 ޑިސެމްބަރު 2025ގެ ނިޔަލަށް މި ދައުރު އިތުރުކުރުމާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމާމެދު ވޯޓަށް އެހުމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެއާ އެކު، އަބްދުއްރަހީމް ހުށަހެޅުއްވި ގޮތަށް، ދައުރު އިތުރު ހަފްތާއަކަށް ދަންމާލަން 55 މެމްބަރުންގެ ވޯޓާ އެކު ވަނީ ފާސްކޮށްފަ އެވެ. ދައުރު ދަންމާލުމާ ދެކޮޅަށް ވޯޓު ދެއްވީ ހަތް މެމްބަރުންނެވެ.

ނިންމަން ހުރި މަސައްކަތްތަކުގެ ތަފްސީލް އަބްދުއްރަހީމް ނުދެއްވިޔަސް، ތިންވަނަ ދައުރު ދަންމާލާފައި މިވަނީ އަތޮޅު ކައުންސިލްތައް އުވާލުމަށް ކަމާ ގުޅުން ހުރި ގާނޫނުތަކަށް ގެންނަ ބަދަލުތައް ނިންމުމަށް ކަމަށް ބެލެވެ އެވެ. 

އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލު އިއްޔެ ފާސްކުރިއިރު ދެ ގާނޫނަކަށް ގެންނަ ބަދަލު އަދި ތަޅުމުން ނިންމާފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.