ރާއްޖޭން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް މަހްލޫފް އައްޔަނުކުރަން މަޖިލީހަށް

ޖަޕާނުގައި ހުންނަވާ ސަފީރަކަށް މަހުލޫފް އައްޔަނުކުރަން ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

ޕީއެންސީ ގުޅިވަޑައިގެން، އެކަމުގެ އިގުރާރު މަހްލޫފް މިރޭ ރައީސް މުއިއްޒު އާ ހަވާލުކުރައްވަނީ. --ފޮޓޯ: މިހާރު

ރާއްޖޭން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް، ދާދި އިހަކަށް ދުވަހު ވެރިކަން ކުރާ ޕީއެންސީ އާ ގުޅިވަޑައިގެންނެވި، އަހުމަދު މަހްލޫފް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި މަހްލޫފް ޕީއެންސީއާ ރަސްމީކޮށް ގުޅިވަޑައިގެންނެވީ، ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް، ރައްޔިތުންގެ ތާއީދު އޮތް ކަން ދައްކައިލަން، މި މަހުގެ 14 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގަ އެވެ.

ޖަޕާނުގައި ހުންނަވާ ސަފީރަކަށް މަހުލޫފް އައްޔަނުކުރަން ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

އަދި އެކަން ދިރާސާކުރަން، ރިޔާސަތުން ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.

މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އިސްތިއުފާ ދެއްވި ސަބަބު މަހްލޫފް ހާމަކުރައްވާފައިނުވިޔަސް، އޭރު ވެސް ޕީއެންސީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އަޑުތަކެއް އިވުނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޑީއާރުޕީން ސިޔާސީ ހަޔާތް ފެއްޓެވި މަހްލޫފް، ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ. އޭނާ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ، ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގައި ހުންނަވައި، ޔާމީންއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިންނެވެ. 

ޖަޕާނުގެ ސަފީރުކަމުގައި ހުންނެވި ހަސަން ސޯބިރު އަވަހަރާވުމަށްފަހު، އެ މަގާމަށް މިހާތަނަށް ބޭފުޅަކު އައްޔަނުކުރައްވާފައެއް ނުވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.