ބޮޑު ޑްރެޖަރެއް ގެނެސް، މާޗުގެ ނިޔަލަށް ރަސްމާލެ ހިއްކައި ނިމޭނެ: ރައީސް

ރައީސް ވިދާޅުވެފައި ވަނީ ރަސްމާލޭގެ ބިން ހިއްކައި ނިމޭއިރު، އެސަރަހައްދުން ގޯތި ލިބޭ މީހުން ކަނޑައަޅާ ނިމޭނެ ކަމަށެވެ. އެކަމަށްޓަކައި އުސޫލުގެ ތެރެއިން މިހާރުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ.

ފުށިދިއްގަރުފަޅު ހިއްކައި އެތާނގައި ދިވެހިންގެ އާ ޒަމާނުގެ ސިޓީ/ "ރަސްމާލެ" ޑިވެލޮޕް ކުރުމުގެ މަސައްކަތް ފެށުން -- މި

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުން އަވަސް ކުރުމަށް ބޮޑު ޑްރެޖަރެއް ގެނެސް، އަންނަ މާޗު މަހުގެ ނިޔަލަށް އެ މަޝްރޫއު ނިންމައިލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭ މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެ ހިއްކުން އަވަސް ކުރުމަށް އަންނަ މަސްތެރޭގައި ބޮޑު ޑްރެޖަރެއް ގެންނާނެ ކަމަށެވެ. ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކަން އިއްޔެ ގެނައި ޑްރެޖަރަށްވުރެ، ރަސްމާލެ ހިއްކަން ގެންނަ ޑްރެޖަރު މާ ބޮޑުވާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

އެހެންކަމުން، ގާތްގަނޑަކަށް އަންނަ މަހުގެ ހަތެއް ހިސާބުގައި ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް އިތުރަށް އަވަސްވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ތިން ސަރަހައްދަކުން މިވަގުތު ވެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރަސްމާލެ ހިއްކާ ނިމޭނެ އަންނަ މާޗު ނުވަތަ އޭޕްރީލް މަހާ ހިސާބަށް. އެއީ ހުޅުމާލެއަށްވުރެ ތިން ގުނަ ބޮޑު ސަރަހައްދެއް. އެ ތަނުން ޖުމްލަ 25000 ގޯތި ދޫކުރާނެ. ފުރަތަމަ ބުރުގައި 15000 ދިނުމަށް މިހާރު ވާނީ އިއުލާނު ކޮށްފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވެފައި ވަނީ ރަސްމާލޭގެ ބިން ހިއްކައި ނިމޭއިރު، އެސަރަހައްދުން ގޯތި ލިބޭ މީހުން ކަނޑައަޅާ ނިމޭނެ ކަމަށެވެ. އެކަމަށްޓަކައި އުސޫލުގެ ތެރެއިން މިހާރުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ.

އިތުރަށް ރައީސް ވިދާޅުވެފައި ވަނީ ގުޅިފަޅުގެ ފުން ބައި ހިއްކުމަށް ވެސް ވައުދުވެވަޑައިގެންފައިވާ ކަމަށާއި، އުތުރުތިލަފަޅުން ވެސް 150 ހެކްޓަރުގެ ބިން ހިއްކައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނެ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި ގިރާވަރު ހިއްކުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށާއި، އެ މަސައްކަތް ދެތިން މަހުން ނިންމާލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ޖުމްލަކޮށް ދަންނަވަންޏާ އަޅުގަނޑު ރައްޔިތުންނަށްވީ ހައުސިން ވައުދަކީ ފުދާނެ، ފުއްދޭނެ ވައުދެއް. މިހާރު ވެސް މިއޮތީ ވަރަށް ގިނަ މަސައްކަތްތައް ކުރެވިފައޭ، ބިން ކްރިއޭޓް ކުރުމުގެ ކަންކަން ހަމަޖެހިފައި،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.