އަރަބިއްޔާ ސްކޫލްގެ ބާ އިމާރާތް ތަޅާލައި، ޕާކަކާއި ޕާކިން ޒޯނެއް ހަދަނީ

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން އަމާޒު ހިފާފައި ވަނީ ބާރު ސްޕީޑުގައި މަޝްރޫއު ކުރިއަށް ގެންގޮސް، އެ މަސައްކަތް އަންނަ ރޯދަ މަހަށް ނިންމައި ހުޅުވުމަށެވެ.

މައްޗަންގޮޅި ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުން. --ފޮޓޯ: ރައީސް އޮފީސް

އަރަބިއްޔާ ސްކޫލް ކުރިން ހިންގި އިމާރާތް ތަޅާލައި އެ ތަނުގައި ޕާކިން ޒޯނަކާއި ޕާކެއް ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މައްޗަންގޮޅި ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ރައީސް ވިދާޅުވީ ޗަންދަނީ މަގުގައި ހުންނަ އެ ސްކޫލު އިމާރާތް ތަޅާލައި އެ ތަނުގައި ޕާކިން ޒޯނަކާއި ކޮމިއުނިޓީ ޕާކެއް ހަދަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. 

އެތަނުގައި ޕާކެއް ހެދުމުން، ކައިރި ސްކޫލުތަކުގައި އުޅޭ ކުދިންނަށް ވެސް އެތަން ބޭނުންކުރެވޭނެ ކަމަށާއި، ޕާކު ތަރައްގީ ކުރާނީ ދަރިވަރުން ބަލާ ސްކޫލު ދޮށަށްދާ ބެލެނިވެރިންނަށް ވެސް އެތަނުގައި ތިބެވޭ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މައްޗަންގޮޅި ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުން. --ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން އަމާޒު ހިފާފައި ވަނީ ބާރު ސްޕީޑުގައި މަޝްރޫއު ކުރިއަށް ގެންގޮސް، އެ މަސައްކަތް އަންނަ ރޯދަ މަހަށް ނިންމައި ހުޅުވުމަށެވެ.

އެ އިމާރާތަކީ ދަރިވަރުން ކިޔަވަން ތިބެން ރައްކާތެރި ތަނެއް ނޫން ކަމަށް ކަނޑައަޅައި އެހެން ތަނަކަށް ސްކޫލުގެ ކިޔެވުން ބަދަލުކުރީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.