ޒުވާނުންގެ މުޒާހަރާގައި އިސްކޮށް ތިބި ދެ މީހުންނަށް ކުރި ދައުވާތައް ނަގައިފި

އެ މައްސަލާގައި މަހްޒޫމްގެ މައްޗަށް އަނިޔާއެއް ކުރުމުގެ ދައުވާކޮށްފައިވާއިރު، ޝިމަންގެ މައްޗަށް ކުރީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

ޒުވާނުން ކުރި މުޒާހަރާގައި އިސްކޮށް އުޅުނު އަބްދުﷲ މަހްޒޫމް މާޖިދާއި އައިޝަތު ޝިމަން. --

ހ. ފެންޓެނޯއީ ގޭ މަތިން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި އިންސާފު ހޯދަން ގޮވާލައި، ޒުވާނުން ކުރި މުޒާހަރާގައި އިސްކޮށް އުޅުނު އަބްދުﷲ މަހްޒޫމް މާޖިދާއި އައިޝަތު ޝިމަންގެ މައްޗަށް އުފުލި ދައުވާ ކުރިއަށް ނުގެންދަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފި އެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މާލޭގައި ސިލްސިލާކޮށް ކުރި މުޒާހަރާތަކާ ގުޅިގެން، މަހްޒޫމާއި ޝިމަން ހައްޔަރުކޮށް، ބަންދު ޖެހުމަށްފަހު، ފަހުން އެ ދެ މީހުން ވެސް ތިބީ ދޫކޮށްލައިފަ އެވެ.

އެ މައްސަލާގައި މަހްޒޫމްގެ މައްޗަށް އަނިޔާއެއް ކުރުމުގެ ދައުވާކޮށްފައިވާއިރު، ޝިމަންގެ މައްޗަށް ކުރީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

ނަމަވެސް، ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދެ މީހުންގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.

އެއީ، އެ ދެ މީހުންގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމާއި އެ މީހުންގެ އަމަލުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ ހާދިސާ ހިނގި ރޭ ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށް، އޭނާގެ މައްޗަށް ވެސް ދައުލަތުން މިހާރު ވަނީ ދައުވާކޮށްފަ އެވެ. އޭނާ ވަނީ އެ ދައުވާއަށް އިއުތިރާފުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.