އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އާޒިމާއަށް ކުރި ދައުވާތައް ނަގައިފި

އާޒިމާގެ މައްޗަށް ދައުލަތުން ތުހުމަތު ކުރަނީ ގއ. ވޮޑުމުލާ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތު ކުރި މަނީ ލޯންޑްރިންގެ މައްސަލައިގައި އެ ހިޔާނާތް ހިންގުމަށް މަގުފަހި ކޮށްދިނުމުގެ ކުށެވެ.

ރީގެ ބަންޑާރަނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު --

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ކުރީގެ ބަންޑާރަނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލި ދައުވާތައް ނަގައިފި އެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ތުހުމަތު ކުރަނީ ގއ. ވޮޑުމުލާ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތު ކުރި މަނީ ލޯންޑްރިންގެ މައްސަލައިގައި އެ ހިޔާނާތް ހިންގުމަށް މަގުފަހި ކޮށްދިނުމުގެ ކުށެވެ. އެގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ވަކި އެކައުންޓަކަށް ޖަމާ ކުރުމަށް އާޒިމާ ލަފާ ދެއްވާފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގަށް އާޒިމާ ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ވެސް ދައުލަތުގެ ދައުވާގައި ވެއެވެ.

އެ މައްސަލައިގައި އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަނީ ލޯންޑްރިންނަށް މަގުފަހި ކޮށްދިނުމުގެ ކުށުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އެވެ. 

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އެ ދައުވާތައް މުރާޖައާ ކޮށްދިނުމަށް އެދި އާޒިމާގެ ފަރާތްޕުޅުން އެ އޮފީހަށް ހުށަހަޅާފައިވާ ކަންކަމަށާއި، އޭނާއަށް ތުހުމަތު ކުރެވޭ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިން ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާތީ، ދައުވާތައް އަނބުރާ ނަގަން ނިންމާފައިވާ ކަމަށެވެ.

"އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނާތީ މި ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް މި އޮފީހުން ވަނީ ނިންމާފައި،" ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލަ ނަގާފައި ވަނީ މައްސަލަ ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓުން ފަށައިފައި ވަނިކޮށެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުމެއް އެ ކޯޓުން ތާވަލު ނުކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.