އަންނަ އަހަރަށް 64 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ކޮމެޓީން ފާސްކޮށްފައިވާ ގޮތަށް، ބަޖެޓު ފާސްކޮށްފައި ވަނީ 74 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންނެވެ.

ބަޖެޓު 2026

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވަނީ 64 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރު ދައުލަތުން ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 7.4 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ކޮމެޓީން ފާސްކޮށްފައިވާ ގޮތަށް، ބަޖެޓު ފާސްކޮށްފައި ވަނީ 74 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންނެވެ.

ބަޖެޓު ދިރާސާ ކުރުމުގެ މަރުހަލާ ކުރިއަށްދިޔަ އިރު، އެ ކޮމިޓީން ވަނީ އޮޑިޓާ ޖެނެރަލް، ގަވަރުނަރު، ފިނޭންސް މިނިސްޓަރު އަދި މިނިވަން މުއައްސަސާތަކާ ވެސް ބައްދަލުކޮށް، އިތުރު މައުލޫމާތު ސާފުކޮށްފަ އެވެ.

މިގޮތުން، ގިނަ މިނިވަން މުއައްސަސާތަކުން ވަނީ މިހާރު ކަނޑައަޅާފައިވާ ބަޖެޓު ކުޑަކަމުން، ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރަން ވެސް ދަތިވާނެކަމުގެ ކަންބޮޑުވުން ކޮމިޓީއާ ހިއްސާކޮށްފަ އެވެ.

ކޮމިޓީ މަރުހަލާގައި މިނިވަން މުއައްސަސާތަކުން ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށް ފިނޭންސް މިނިސްޓްރީން ވަނީ އެކަންކަން ހައްލުކުރެވޭނެ ގޮތްތައް ހުށަހަޅައިފަ އެވެ. އެގޮތުން އެއްވެސް މުއައްސަސާއެއްގެ ގާނޫނީ ޒިންމާ އަދާކުރަން ދަތިވެއްޖެނަމަ ކޮންމެހެން ބޭނުންވާ ފައިސާ މުޅި ބަޖެޓުގެ ތެރެއިން ޖާގަހޯދައިގެން ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ކޮމިޓީއަށް ދީފަ އެވެ.

އެއާ އެކު، ބަޖެޓުގެ ޖުމްލަ އަދަދެއް އުނިއިތުރެއް ނާންނަގޮތަށް ކޮމިޓީން ވަނީ އިސްލާހުތަކެއް ގެނެސްފަ އެވެ. މިގޮތުން، ކޮމިޓީން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި މަޖިލީހުގެ އިދާރާގެ ބަޖެޓުގެ ގޮތުގައި 3.5 މިލިޔަން ރުފިޔާ ހާއްސަ ބަޖެޓުގެ ތެރެއިން އިތުރުކުރުމަށް ވަނީ ފާސްކޮށްފަ އެވެ.

އަދި ދައުލަތުގެ އޮފީސްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަަމަށް ހައްލެއް ހޯދައި ކުއްޔަށް ކުރާ ހަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުގެ އިތުރު އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް އަވަސްކުރުމަށް އެންގުމަށްވެސް ފާސްކުރި އެވެ.

ނަމަވެސް، ސަރުކާރުން ހުށަހެޅި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް، ކޮމެޓީން ވަނީ ބަޖެޓު ފާސްކޮށްފަ އެވެ.

އަންނަ އަހަރު ދައްކަން ޖެހޭ އެންމެ ބޮޑު އަދަދުގެ ޖުމްލަ 600 މިލިއަން ޑޮލަރަށް އަރަ އެވެ. މީގެތެރޭގައި ހިމެނެނީ ސުކޫކް ރީޕޭމަންޓުގެ ގޮތުގައި އަދާކުރަން ޖެހޭ 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) ގެ ސޮވެރިން ސުކޫކް ބޮންޑެއްގެ އިތުރުން ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑުގެ ގޮތުގައި އަދާކުރަން ޖެހޭ 100 މިލިއަން ގެ ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑެއްގެ ރީޕޭމަންޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.