މެޓުން ލަފާކޮށްފައިވާ ގޮތުގައި، އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރައި، ބައެއް ރަށްރަށް ބޯކޮށް ވާރޭ ވެހޭނެ އެވެ. އަދި ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން މިއަދު މެންދުރު ފަހުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، އާންމު ވައި ގަދަވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
މެޓުން ލަފާކޮށްފައިވާ ގޮތުގައި، އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރައި، ބައެއް ރަށްރަށް ބޯކޮށް ވާރޭ ވެހޭނެ އެވެ. އަދި ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މެޓުން މިހާރު ވެސް ވަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެގޮތުން، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ނެރެފައިވާ އެ އެލާޓުގައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފަ އެވެ.
މޫސުމީ ސެޓްލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ރާއްޖެ މައްޗަށް ގިނަ އަދަދެއްގެ ވިއްސާރަ ވިލާތައް ދަނީ އަރަމުންނެވެ.
އިރުވައި މޫސުމުން ހުޅަނދު މޫސުމަށް ބަދަލުވަމުންދާއިރު މިހާރު ކުރިއަށް މިދަނީ ނޮރަ ނަކަަތެވެ. މި ނަކަތް ދެމިގެން ދާނީ ނޮވެންބަރު 14 އިން ނޮވެންބަރު 26 އަށެވެ.
މި ނަކަތުގައި އާދައިގެ ވަރަކަށް ވައި ޖެހޭނެ އެވެ. މި ދުވަސްވަރު އަވި ދިއްލި ނަމަވެސް ވިއްސާރަވެސް ވާނެ އެވެ. މި ނަކަތުގައި ވައިގެ ބާރުމިން ހުންނާނީ އެވްރެޖް ގޮތެއްގައި16.57 ކިލޯމީޓަރު ބާރުމިނުގަ އެވެ. މި ދުވަސްވަރު ވާރޭ ވެހޭނީ 84.5 މިލިމީޓަރެވެ.