ފަލަސްތީނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަކަށް ޑރ. ޒުހުރީ، އުރުދުންއަށް ޑރ. ހާލާ

މި ދެ ބޭފުޅުންގެ ނަން އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ފަލަސްތީނާއި އުރުދުންއަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަނުކުރަން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.

ފަލަސްތީނަށް ރާއްޖޭން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރަކަށް، ރައީސް ހުށަހަޅުއްވާފައިވަނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް  ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އެވެ.

މި ވަގުތު މިނިސްޓްރީގެ އިންޑިއާ ޑެސްކުގެ ހެޑުގެ ގޮތުގައި ހުންނެވި ޒުހުރީ އަކީ ކެރިއާ ޑިޕްލޮމެޓެކެވެ. ހާރިޖީ ދާއިރާގައި ގިނަ އަހަރުތަކެއް ހިދުމަތް ކުރައްވާފައިވާ ޒުހުރީ ވަނީ މިނިސްޓްރީގައި އެކި މަގާމުތައް ފުރުއްވައިފަ އެވެ. މިގޮތުން އޭނާ އެންމެ ފަހުން ހުންނެވީ، އދ.ގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ މަންދޫބުގެ ނައިބުގެ މަގާމުގަ އެވެ.

އުރުދުންގެ ނޮން ރެސިޑެންޓް ސަފީރަކަށް ރައީސް ހުށަހަޅުއްވާފައިވާ ޑރ. ހާލާ ހަމީދު މި ވަގުތު ހުންނެވީ މިނިސްޓްރީގެ ސެކްރެޓަރީގެ މަގާމުގަ އެވެ. މިނިސްޓްރީގެ ބައިލެޓަރަލް ޑެސްކުގައި އެންމެ އިސްކޮށް ހުންނެވި، ޑރ. ހާލާ އަކީ ދިވެހި ހާރިޖިއްޔާގައި މި ވަގުތު ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ބޭފުޅެވެ.

ޑރ. ހާލާގެ ދިގު ކެރިއަރުގައި އޭނާ ވަނީ ސްވިޓްސަލަންޑުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމާއި، ޖެނީވާގެ ދާއިމީ މިޝަންގެ މަންދޫބުކަން ވެސް ކުރައްވައިފަ އެވެ. 

މި ދެ ބޭފުޅުންގެ ނަން އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.