ވާރުތަވީ ލޯނުތައް ދައްކަން 4.4 ބިލިއަން ރުފިޔާ ހޭދަކޮށްފި

މާލީ ރިޕޯޓް ދައްކާ ގޮތުން މި އަހަރު ލޯނު ދައްކަން ބަޖެޓުކޮށްފައިވަނީ 3.8 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ބަލާނަމަ ލޯނު ދައްކަން ކުރި ހަރަދު އުޅެނީ ދެ ބިލިއަން ރުފިޔާގަ އެވެ.

ރާއްޖޭގައި ލޯނު ނަގައިގެން މިވަގުތު ހިންގަމުންދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖް

މި އަހަރުގެ މިހާތަނަށް ދައުލަތަށް ވާރުތަވީ ލޯނުތައް ދައްކަން ސަރުކާރުން 4.4 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ. 

ފިނޭންސް މިނިސްޓްރީން އާއްމުކުރި ވީކްލީ ފިސްކަލް ރިޕޯޓް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ބަލާނަމަ ލޯނު ދައްކަން ކުރި ހަރަދު އުޅެނީ ދެ ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ކުރި ހަރަދު ވަނީ 4.4 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފަ އެވެ. 

މާލީ ރިޕޯޓް ދައްކާ ގޮތުން މި އަހަރު ލޯނު ދައްކަން ބަޖެޓުކޮށްފައިވަނީ 3.8 ބިލިއަން ރުފިޔާ އެވެ. 

ފިނޭންސުގެ މައުލޫމާތުތައް ދައްކާ ގޮތުން ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ވަނީ 151 ބިލިއަން ރުފިޔާ އަރާފަ އެވެ. އަދި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 129.9 ޕަސެންޓަށް ވަނީ އަރާފަ އެވެ. ފިނޭންސް މިނިސްޓްރީގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް އާއްމުކުރި ދަރަނީގެ މައުލޫމާތުތައް ދައްކާ ގޮތުން ރާއްޖޭގެ ބޭރުގެ ދަަރަނީގެ ނިސްބަތް މިހާރު ހުރީ 63 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 88 ބިލިއަން ރުފިޔާގަ އެވެ. އަދި ޖުމްލަ ދަރަނި ހުރީ 151 ބިލިއަން ރުފިޔާގަ އެވެ. ފިނޭންސުގެ މި މައުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ސޮވްރިން ގެރެންޓީ ދީފައިވާ ދަރަނި ހުރީ 20,8 ބިލިއަން ރުފިޔާގަ އެވެ. އަދި ސޮވްރިން ގެރެންޓީ ދީފައިވާ ބޭރުގެ ދަރަނީގެ ނަމްބަރު ހުރީ 20 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 638.4 ބިލިއަން ރުފިޔާގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.