ތިލަމާލެ ބްރިޖު މިހާރު ދަނީ ބޭނުންވާ ވަރަށްވުރެ ލަސްކޮށް

ތިލަމާލެ ބްރިޖް އަޅަން އިންޑިއާގެ އެފްކޮންސް ކުންފުންޏަށް ހަވާލުކޮށްފައިވަނީ އޮގަސްޓް 26، 2021 ގަ އެވެ. މި މަަސައްކަތް ކުރާ އެފްކޮންސްއަކީ މި ބާވަތުގެ މަސައްކަތެއް މުޅިން އަލަށް ކުރާ ކުންފުންޏެކެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

ތިލަމާލެ ބްރިޖުގެ މޫދު އަޑީގައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށާ، ނަމަވެސް މިހާރު ބްރިޖުގެ މަސައްކަތް ދަނީ އުންމީދުކުރި ވަރަށްވުރެ ލަސްކޮށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކޮށްލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިނަމަލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު އެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޑރ. މުއްތަލިބު ވިދާޅުވީ މިހާރު ބްރިޖުގެ މަަސައްކަތް ދަނީ ބޭނުންވާ ވަރަށްވުރެ ލަސްކޮށް ކަމަށާ، މިހާރު ބްރިޖުގެ ސަބް ސްޓްރަކްޗާ -މޫދުއަޑީގެ މަސައްކަތް- އެއްކޮށް ނިމިފައިވާ ކަމަށެވެ. އެހެންވެ މިހާރު ކުރިން ތިލަމާލެ-މާލެ ބްރިޖު ގުޅާލަން ބުނި ތާރީހަށް ނިމޭނެ ކަމަށް ނުބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޑރ. މުއްތަލިބު ވަނީ މި ބައްދަލުވުމުގައި ކުރިން ވެސް ވިދާޅުވި ވާހަކަފުޅެއް ތަކުރާރު ކުރައްވާފަ އެވެ. އެއީ ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އެފްކޮންސް ކުންފުންޏަކީ މިފަދަ މަސައްކަތްތެއް މުޅިން އަލަށް ކުރާ ބައެއް ކަމެވެ.

ބްރިޖު އަވަސް ކުރަން އިތުރު މަަސައްކަތްތަކެއް

އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ލޯނެއްގައި ކުރިއަށް ގެންދާ ބިޔަ މި މަޝްރޫއާ ބެހޭ ގޮތުން މުއްތަލިބު ވިދާޅުވީ މަސައްކަތް އަވަސް ކުރަން ސަރުކާރުން ދެވެން އޮތް ލުއިތަކެއް ދީގެން މަސައްކަތް ކުރައްވާނެ ކަމަށާ، އެކަމާ ބެހޭ ގޮތުން އިންޑިއާގެ ސަފީރާއެކު މިއަދު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ މައުލޫމާތު ދެއްވަން 31، މެއި 2024 ގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި އޭރު ބުރިޖުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި ތާވަލުކުރެވިފައިވާ ގޮތަށް ބުރިޖުގެ މަސައްކަތް ނިންމައިލެވޭނެ ކަމަށް އުންމީދު ކުރައްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތިލަމާލެ ބުރިޖުގެ މަސައްކަަތްކުރަނީ ދެ ސެގްމެންޓަކަށް ބަހާލައިގެންނެވެ. ފުރަތަމަ ސެގްމެންޓަކީ މާލެއިން ގުޅިފަޅާ ހަމައަށް ގުޅުވައިލުމެވެ. އެ ސެގްމެންޓުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 2026 ވަނަ އަހަރުގެ 31 މާޗަށެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް މާލެ އާއި ވިލިމާލެ ގުޅުވައިލުމުގެ މަސައްކަތް ނިމޭނެކަމަށް ވެސް ޑރ.މުއްތަލިބު ވިދާޅުވެފައިވެ އެވެ. ބުރިޖުގެ ދެވަނަ ސެގްމެންޓަކީ ގުޅިފަޅާއި ތިލަފުށި ގުޅުވައިލުމެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަސައްކަތް ނިމޭނީ 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ. 

ތިލަމާލެ ބުރިޖްގެ މައުލޫމާތު ކުރުކޮށް

  •  ކޯޒްވޭ ތަކާއެކު ބްރިޖްގެ ދިގު މިން 6.7 ކިލޯ މީޓަރު
  •  ސުޕަ ބްރިޖްގެ ދިގު މިނަކީ 3.6 ކިލޯ މީޓަރު
  •  ބްރިޖަށް 400 މިލިއަން ޑޮލަރުގެ ލޯނު ދެނީ އިންޑިއާގެ އެގްޒިމް ބޭންކުން
  •  މުޅި މަޝްރޫއުގެ އަގަކީ 500 މިލިއަން ޑޮލަރު
  •  އިންޑިއާގެ ހިލޭ އެހީގައި 100 މިލިއަން ޑޮލަރު
  •  220،000 ކިއުބިކް މީޓަރުގެ ސަރަހަދެއް ހިއްކާ ތޮށިލާން
  •  ބްރިޖާ ގުޅިފައިވާ ތިން ކިލޯމީޓަރުގެ މަގާއި ފާލަން ހިމެނޭ

ތިލަމާލެ ބްރިޖް އަޅަން އިންޑިއާގެ އެފްކޮންސް ކުންފުންޏަށް ހަވާލުކޮށްފައިވަނީ އޮގަސްޓް 26، 2021 ގަ އެވެ. 

ތިލަމާލެ ބުރިޖު ތިލަމާލެ ބުރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުން 500 މިލިއަން ޑޮލަރުގެ ލޯނު އެހީގައި ހިންގާ މަޝްރޫޢެކެވެ، މި އަހަރުގެ މޭ މަހުގެ 17 ވަނަ ދުވަހަށް މުޅި ބުރިޖުގެ މަސައްކަތް ނިންމުމަށް އެއްބަސްވީ ނަމަވެސް ކުރީ ސަރުކާރުގައި އެކަށީގެންވާ ހަލުއިމިނުގައި އެ މަސައްކަތްނުކުރެވުމުގެ ސަބަބުން މުޅި ބުރިޖު ނިންމަންޖެހޭ ތާރީޚު ސެޕްޓެންބަރު 30، 2026 އަށްވަނީ ބަދަލުކުރެވިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.