އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވިކަން އިއުލާނުކުރެއްވީ، މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގަ އެވެ.

މިދިޔަ އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒް، އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވިކަން އިއުލާނުކުރެއްވީ، މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގަ އެވެ.
އެ މަގާމަށް ފައްޔާޒް އިންތިހާބު ކުރީ، 2022 ވަނަ އަހަރުގެ ތެރޭގަ އެވެ.
އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވާފައިނުވިޔަސް، އެނގިފައިވާ ގޮތުގައި އެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން، އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ބާއްވާނެކަމަށް ބެލެވޭ ޕްރައިމަރީގައި ވާދަކުރެއްވުމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުކަމަށް ވާދަކުރައްވާ ބޭފުޅުންނަށް ހަމަހަމަ ފުރުސަތު ހޯއްދަވައި ދެއްވާނެކަމަށް ފައްޔާޒް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.