ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި ބުދަ ދުވަހުން ފެށިގެން މޫސުން ގޯސްވުން ގާތެވެ.

ނިމިދިޔަ ދެތިން މަހަކީ މޫސުން ރީތި އަވިގަދަ ދުވަސް ތަނެކެވެ. ނަމަވެސް މޫސުން ރީތިކޮށް ދެ މަހެއްހާ ދުވަސް ދިއުމަށްފަހު މިހާރު ފެނިގެން މިދަނީ އުޅަނގު މޫސުގެ ވިއްސާރައިގެ ނިޝާން ތަނެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި ބުދަ ދުވަހުން ފެށިގެން މޫސުން ގޯސްވުން ގާތެވެ. ހާއްސަކޮށް މާލެ ހިމެނޭ މެދުރާއްޖެއަށް މޫސުން ގޯސްވާނެ އެވެ.
މޫސުމީ ސެޓްލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ރާއްޖެ މައްޗަށް ގިނަ އަދަދެއްގެ ވިއްސާރަ ވިލާތައް ދަނީ އަރަމުންނެވެ.
އިރުވައި މޫސުމުން ހުޅަނދު މޫސުމަށް ބަދަލުވަމުންދާއިރު މިހާރު ކުރިއަށް މިދަނީ ނޮރަ ނަކަަތެވެ. މި ނަކަތް ދެމިގެން ދާނީ ނޮވެންބަރު 14 އިން ނޮވެންބަރު 26 އަށެވެ.
މި ނަކަތުގައި އާދައިގެ ވަރަކަށް ވައި ޖެހޭނެ އެވެ. މި ދުވަސްވަރު އަވި ދިއްލިނަމަވެސް ވިއްސާރަވެސް ވާނެ އެވެ. މި ނަކަތުގައި ވައިގެ ބާރުމިން ހުންނާނީ އެވްރެޖް ގޮތެއްގައި16.57 ކިލޯމީޓަރު ބާރުމިނުގަ އެވެ. މި ދުވަސްވަރު ވާރޭ ވެހޭނީ 84.5 މިލިމީޓަރެވެ.