އޮޕަރޭޝަން އަލިމަގު: 110 މީހުން ހައްޔަރުކޮށް، 23 މިލިއަނުގެ ޑްރަގް އަތުލައިގެންފި

އަތުލައިގަތް ތަކެތީގެ ތެރޭގައި މަސްތުވާތަކެއްޗާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ތަފާތު އެކި ސާމާނު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށާއި، ވިޔަފާރި ކުރަމުން އައި ތަންތަން ބަންދުކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އަލިމަގު އޮޕަރޭޝަނުގައި ފުލުހުން ހޯދާފައިވާ މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު --

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް، މުޅި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފަށަފައިވާ ބޮޑު އޮޕަރޭޝަނުގައި މިހާތަނަށް 110 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިމަހުގެ 13 ވަނަ ދުވަހުގެ ފަތިހު ފެށި މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުންނާއެކުގަ އެވެ. ފުލުހުންގެ ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން އެއްވަގުތެއްގައި 100 އަށްވުރެ ގިނަ ތަންތަން ދިޔައީ ފާސްކުރަމުންންނެވެ.

ސަންގު ޓީވީއަށް އިހުސާން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ 23 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މިހާތަނަށް އަތުލައިގެންފައިވާ ކަމަށެވެ. އަތުލައިގަތް ތަކެތީގެ ތެރޭގައި މަސްތުވާތަކެއްޗާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ތަފާތު އެކި ސާމާނު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށާއި، ވިޔަފާރި ކުރަމުން އައި ތަންތަން ބަންދުކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ފަރާތްތަކުން މަސްތުވާތެތީގެ ވިޔަފާރިކޮށް، ރައްޔިތުންނަށް ދިން ބޮޑު ގެއްލުމާއި ގާނޫނު އަރާ ހަމަކުރާނެ ކަމަށެވެ. އަދި ރައީސްގެ ވައިދާ އެއްގޮތަށް، އެމީހުންނަށް ހައްގު އަދަބު ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި އޮޕަރޭޝަނުގައި ހައްޔަރު ކުރި އެއްވެސް މީހެއްގެ ތަފްސީލާއި ވަނަވަރު ފުލުހުން މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ. ނަމަވެސް އެހެން މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންގެ ވަނަވަރު އާންމު ގޮތެއްގައި ފުލުހުން އާންމު ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.