ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓުތަކެއް "މަދުވި" މައްސަލައެއް ތަހުގީގުކުރަނީ

މި ދެ މައްސަލަ ފުލުހުން ތަހުގީކުރަމުންދާއިރު، މިކަމުގެ ޖިނާއީ ތަހުގީގެއް ވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

ވިލިމާލެ ޕޮލިސް ސްޓޭޝަން. --ފޮޓޯ: ދަ ޕްރެސް

ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ސިނގިރޭޓުތަކެއް ހިފަހައްޓައި، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އޭގެތެރެއިން ސިނގިރޭޓު ކާޓަންތަކެއް "މަދުވި" މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ. 

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، ގަވައިދާ ހިލާފަށް އެތެރެކުރުމުގެ ތުހުމަތުގައި 32 ކާޓަން ސިނގިރޭޓު ހިފަހައްޓައި، ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެ ތެރެއިން ހަ ކާޓަން ސިނގިރޭޓު މަދުވެފައިވާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ.

މި ސިނގިރޭޓުތަކަކީ މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ބިދޭސީއެއްގައި އަތުން ފުލުހުން ބެލުމުގެ ދަށަށް ގެނައި ސިނގިރޭޓުތަކެކެވެ.

ފުލުހުން ބުނި ގޮތުގައި، އެ ހަ ކާޓަން ސިނގިރޭޓު މަދުވިކަން އެނގުނީ، މި މަހުގެ 12 ވަނަ ދުވަހު އެ ސިނގިރޭޓުތައް ކަސްޓަމްސް އާ ހަވާލުކުރަން ބެލި ބެލުމުގެ ތެރެއިންނެވެ.

މީގެއިތުރުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު، ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބަލުމުގެ ދަށަށް ގެނެސްފައިވާ 25 ކާޓަން ސިނގިރޭޓު މަދުކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި 25 ކާޓަން ސިނގިރޭޓު ވެސް ބަހައްޓާފައި ހުރީ ވިލިމާލެ ޕޮލިސް ސްޓޭޝަންގަ އެވެ. 

މި ދެ މައްސަލަ ފުލުހުން ތަހުގީކުރަމުންދާއިރު، މިކަމުގެ ޖިނާއީ ތަހުގީގެއް ވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

މި މައްސަލަ ފެންމަތިވެފައިމިވަނީ، އެމްޕީއެލް ޕޯޓުގައި ހުއްޓައި ދެ ސިނގިރޭޓު ކޮންޓެއިނަރު ގެއްލުވާލައި، ވަގަށް ނެގި މައްސަލައެއް ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. 

މިއީ ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ހިފެހެއްޓި ސިނގިރޭޓެވެ. މިތަކެތީގެ އަގު 13.6 މިލިއަނަށް ވުރެ މައްޗަށް އަރަ އެވެ. ގެއްލިފައި ވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. މިތަކެތި ބަހައްޓާފައި ހުރީ އެމްޕީއެލް ހުޅުމާލެ ޕޯޓުގަ އެވެ. ސިނގިރޭޓް ނެތްކަން އެނގުނީ މިމަހުގެ ނުވަވަނަ ދުވަހު އެވެ.

އެ މައްސަލާގައި މިހާތަނަށް 10 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.