ފުލުހުން ރޭ ބުނީ ފަސީހުގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތަހުގީގުގެ ބޭނުމަށް 15 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށެވެ.

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދީގެން، ނަހަމަ ގުޅުން ހިންގާ މައްސަލާގައި ހައްޔަރުކޮށްފައިވާ އެތަނުގެ މުވައްޒަފުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެންޑީއޭއިން ހުށަހެޅި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، އުމުރުން 51 އަހަރުގެ މުހައްމަދު ފަސީހު، ސ. ފޭދޫ އެވެ.
އެންޑީއޭ އިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ހުށަހެޅީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ އަކީ އެންޑީއޭގައި ޕިއާ މެންޓޯއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.
ފުލުހުން ރޭ ބުނީ ފަސީހުގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތަހުގީގުގެ ބޭނުމަށް 15 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށެވެ.