ޓީބިލް ނުދައްކާ އަދަދު ދަށަށް، އެތެރޭގެ ދަރަނީގެ ބޮޑުބައި ކުރު މުއްދަތަށް

ދެވަނަ ކުއާޓަރުގެ ނިޔަލަށް ޓީބިލްގެ ނުދައްކާ ހުރި އަދަދު ހުރީ 49 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް ތިންވަނަ ކުއާޓަރާ ހަމައަށް ބަލާނަމަ މި އަދަދު ވަނީ 48 ބިލިއަން ރުފިޔާށް ދަށްވެފަ އެވެ.

ފިނޭންސް މިނިސްޓްރީ: ބައެއް ޓެކްސްތައް ބޮޑު ކުރަން ވަނީ ނިންމާފައި

ދައުލަތުގެ ހަރަދު ހަމަޖައްސަން ނެގި މާލީ ވަސީލަތްތަކާއެކު ތެރޭގެ ދަރަނީގެ ޖުމްލަ 87 ބިލިއަން ރުފިޔާގައި ހުރިއިރު މި ދަރަނީގެ ބޮޑުބައެއް ކުރު މުއްދަތެއްގެ ތެރޭގައި ދައްކަން ޖެހޭ ކަމަށް ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު އެތެރޭގެ ދަރަނި ވަނީ 87.3 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ. މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު އެތެރޭގެ ދަރަނި ހުރީ 85.3 ބިލިއަން ރުފިޔާގަ އެވެ. އެހެންކަމުން، މިދިޔަ ތިން މަހު ވަނީ ދެ ބިލިއަނެއްހާ ރުފިޔާ އެތެރޭގެ ދަރަންޏަށް އިތުރުވެފަ އެވެ. އަދި ކުރު މުއްދަތުގެ ދަރަނީގެ ގޮތުގައި ހުރި 37,2 ބިލިއަން ރުފިޔާ އެވެ. އަދި ދިގު މުއްދަތުން ދައްކަން ޖެހޭ ދަަރަނި އުޅެނީ 39 ބިލިއަން ރުފިޔާގަ ގަ އެވެ.

އެތެރޭގެ ދަރަންޏަށް ބަލާއިރު، ދައުލަތުގެ އެތެރޭގެ ދަރަނީގެ ނިސްބަތުން ބޮޑުބައި (55.3%) ހިއްސާކުރަނީ ކުރު މުއްދަތުގެ ދަރަންޏެވެ. މީގެ މާނައަކީ މި ދަރަނިތައް އަނބުރާ ދައްކަންޖެހޭ މުއްދަތު ވަރަށް ކުރުވުމެވެ. ކުރު މުއްދަތުގެ ދަރަނީގެ ތެރޭން އެންމެ ބޮޑަށް އިތުރުވެފައިވަނީ އިސްލާމިކް އިންސްޓްރޫމަންޓެއް ކަމަށްވާ "ވަކާލާ ބިލް އިސްތިސްމާ"  އެވެ. މި މާލީ ވަސީލަތް 3,8 ބިލިއަން ރުފިޔާއިން 4.7 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ. 

އެތެރޭގެ ދަރަނި އިތުރުވިނަމަވެސް ކުރިން ނުފެންނަ ޕޮޒިޓިވް ސިންގްނަލްތަކެއް ވެސް ދަރަނީގެ ކަރުދާހުން ފެނެ އެވެ. މި ވަރަށް އެތެރޭގެ ދަރަނި އިތުރުވިނަމަވެސް ކޮންމެ ހަފުތާއަކު ސަރުކާރުގެ ހަރަދު ހަމަޖައްސަން ތެެރޭގައި ވިއްކާ ޓީބިލްގެ ނުދައްކާ ހުރި އަދަދު ވަނީ ދަށްވެފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ޓީބިލްގެ ނުދައްކާ ހުރި އަދަދު ހުރީ 49 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް ތިންވަނަ ކުއާޓަރާ ހަމައަށް ބަލާނަމަ މި އަދަދު ވަނީ 48 ބިލިއަން ރުފިޔާށް ދަށްވެފަ އެވެ. ސަރުކާރުން ޓީބިލް ވިއްކަނީ 3% އާއި 5% އާދެމެދުގެ ފައިދާއެއްގަ އެވެ.

ޓީ ބިލްގެ މެޗޫރިޓީ ނުވަތަ މުއްދަތު ހަމަވާ ތާރީހު

  •  28 ދުވަސް (4 ހަފްތާ)
  •  91 ދުވަސް (3 މަސް)
  •  182 ދުވަސް (6 މަސް)
  •  364 ދުވަސް (1 އަހަރު

ސަރުކާރުން ވިއްކާ ޓީބިލް ގަންނަނީ ވިޔަފާރި ބޭންކްތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ޕެންޝަން ފަންޑާއި ދައުލަތުގެ ކުންފުނިތައް އަދި އާންމު ފަރުދުންނާއި ކުންފުނިތަކުންނެވެ. 

އެތެރޭގެ ދަރަނި ބެހިގެން ގޮސްފައިވާ ގޮތް

  •  ޓްރެޝަރީ ބިލް - 48.3 ބިލިއަން
  •  ބޮންޑް - 38.5 ބިލިއަން
  •  ލޯނު - 447.1

މި މައުލޫމާތުތައް ދައްކާ ގޮތުން ކުރު މުއްދަތުގެ އެތެރޭގެ ދަރަނީގެ ޖުމްލަ ނަމްބަރުގެ ގޮތުގައި 48,3 ބިލިއަން ރުފިޔާގެ ދަރަނި އެބަހުއްޓެވެ. 

ކުރު މުއްދަތުގެ ދަރަނި

  •  އެމް.ވީ.އާރް ޓްރެޝަރީ ބިލް - 37.2 ބިލިއަން
  •  ވަކާލާ ބިލް އިސްތިޘްމާރު - 4.7 ބިލިއަން
  •  އާރް.ޑީ.ސީ ޓްރެޝަރީ ބިލް - 6.1 ބިލިއަން
  •  މުޟާރަބާ - 120 މިލިއަން

ދިގު މުއްދަތުގެ ދަރަނި

ދިގު މުއްދަތުގެ ދަރަނީގެ ނުދައްކާ ހުރި އަދަދު އުޅެނީ 39 ބިލިއަން ރުފިޔާގަ އެވެ. މީގެތެރޭގައި ހިމެނެނީ ބޮންޑުގެ ގޮތުގައި ހުރި 38,5 ބިލިއަން ރުފިޔާ އާއި ލޯނުގެ ގޮތުގައި ހުރި 447.1 ބިލިއަން ރުފިޔާ އެވެ. ދިގު މުއްދަތުގެ ދަރަނީގެ ގާތްގަނޑަކަށް 99% ހިއްސާކުރަނީ ބޮންޑް އެވެ. ބޮންޑް ނެގި އަދަދު މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި 34.4 ބިލިއަން ރުފިޔާގައި ހުރިނަމަވެސް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި މި އަދަދު ވަނީ 38.5 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.