ފިލްމީ ދާއިރާއަށް ރައީސްގެ އިލްތިމާސެއް | ދީނުގެ ހުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރޭ

ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެން ވުމަކީ މިގައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު --

ދީނުގެ ހުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އިލްތިމާސް ކުރައްވައިފި އެވެ.

ރައީސް މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަމުން، އިސްލާމް ދީނުގެ ގިއުގަނޑު ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެ ކަމެއް ކަމަށެވެ.

މުސްލިމުންގެ ސަގާފަތާއި ހިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާން ޖެހޭނެ. ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް،" ރައީސް ވިދާޅުވި އެވެ.

ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެން ވުމަކީ މިގައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް މިގޮތަށް ޕޯސްޓެއް ކުރައްވާފައި މިވަނީ ރޭ އޮލިމްޕަހުގައި އޮތް "ލިލީ" ފިލްމުގެ ޕްރިމިއާ އިވެންޓްގައި ބައެއް ފަރާތްތަކުން އަޅާފައިވާ ހެދުމަށް އާންމުން ފާޑުކިޔަމުން ދަނިކޮށެވެ. އެގޮތުން ފިރިހެނަކު، އަންހެން ހެދުމެއް އަޅައިގެން ދިޔަ މައްސަލަ ވަނީ ހޫނުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.