ރާއްޖޭގެ ޖުމްލަ ދަރަނި 151 ބިލިއަން ރުފިޔާ، ނުވަތަ ނުވަ ބިލިއަން ޑޮލަރަށް އުފުލުނުއިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 129.9 ޕަސެންޓުގަ އެވެ.

ރާއްޖޭގެ ޖުމްލަ ދަރަނި 151 ބިލިއަން ރުފިޔާ، ނުވަތަ ނުވަ ބިލިއަން ޑޮލަރަށް އުފުލުނުއިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 129.9 ޕަސެންޓަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް އާއްމުކުރި ދަރަނީގެ މައުލޫމާތުތައް ދައްކާ ގޮތުން ރާއްޖޭގެ ބޭރުގެ ދަަރަނީގެ ނިސްބަތް މިހާރު ހުރީ 63 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 88 ބިލިއަން ރުފިޔާގަ އެވެ. އަދި ޖުމްލަ ދަރަނި ހުރީ 151 ބިލިއަން ރުފިޔާގަ އެވެ.
ފިނޭންސުގެ މި މައުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ސޮވްރިން ގެރެންޓީ ދީފައިވާ ދަރަނި ހުރީ 20,8 ބިލިއަން ރުފިޔާގަ އެވެ. އަދި ސޮވްރިން ގެރެންޓީ ދީފައިވާ ބޭރުގެ ދަރަނީގެ ނަމްބަރު ހުރީ 20 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 638.4 ބިލިއަން ރުފިޔާގަ އެވެ.
މި މުއްދަތުގައި ދަރަނި ދައްކަން ދައުލަތުން ވަނީ 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި ޖުމްލަ ޖީޑީޕީގެ ނިސްބަތް ތިންވަނަ ކުއާޓަރުގެ ނިޔަލަށް ހުރީ 116,359.8 ބިލިއަން ރުފިޔާގަ އެވެ.