
ހުޅުމާލެ ފެރީ ޓާމިނަލްގައި ކިއޮސްކު ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރި އިއުލާނެއްގައި ބުނީ، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 258.33 އަކަފޫޓުގެ ކިއޮސްކަކަށް ކަމަށެވެ.
ބިޑް ސެކިޔުރިޓީ އާއެކު ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު 2:00 ގަ އެވެ.
އޭގެކުރިން މި މަހުގެ 24 ގައި ޕްރީ ބިޑް މީޓިން، އަދި މައުލޫމާތު ސާފުކުރުން ވިދިގެން އަންނަ ދުވަހަށް އެޗްޑީސީން ވަނީ ތާވަލުކޮށްފަ އެވެ.
ބިޑުތައް ކަނޑާނީ، ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވުމާއެކު ހަމަ އެ ވަގުތު އެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް އެޗްޑީސީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.