މި ވެބްސައިޓް ތައްޔާރުކޮށްފައިވަނީ އެމްޕީއެލް އައިޓީ ޓީމުގެ ފަރާތުންނެވެ. މި ފީޗާ އިތުރު ކުރުމަށް އެހީތެރިކަން ދީފައިވަނީ ސޯޝަލް އެންޑް ފެމެލީ ޑިވްލޮޕްމަންޓް މިނިސްޓްރީ އާއި ބްލައިޑް އެސޯސިއޭޝަންގެ ފަރާތުންނެވެ.

ލޮލަށް ނުފެންނަ ފަރާތްތަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މައުލޫމާތުތައް އެނގޭނެ ހާއްސަ ފީޗާއެއް ހިމަނައިފި އެވެ.
އެމްޕީއެލް ވެބްސައިޓުގައި ހިމެނި އެކްސެސިބިލިޓީ ފީޗާ ތައާރަފުކޮށްދެއްވީ އެމްޕީއެލްއިން މީރުމާ މީޓިން ހޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސޯޝަލް އެންޑް ފެމެލީ ޑިވްލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ. މި ވެބްސައިޓް ތައްޔާރުކޮށްފައިވަނީ އެމްޕީއެލް އައިޓީ ޓީމުގެ ފަރާތުންނެވެ. މި ފީޗާ އިތުރު ކުރުމަށް އެހީތެރިކަން ދީފައިވަނީ ސޯޝަލް އެންޑް ފެމެލީ ޑިވްލޮޕްމަންޓް މިނިސްޓްރީ އާއި ބްލައިޑް އެސޯސިއޭޝަންގެ ފަރާތުންނެވެ.
އެމްޕީއެލް ވެބްސައިޓުގައި ހިމަނާފައިވާ ސްކްރީން ރީޑާ ފީޗާއާ ބެހޭ ގޮތުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން "ދަމިރާ" އަށް ވިދާޅުވީ މިއީ އައިޓީ ޓީމުގެ ކުޅަދާނަ މަސައްކަތެއް ކަމަށާ މީގެން އެނގެނީ އެ ކުންފުނީގެ މުވައްޒަފުންގެ ގާބިލްކަމެވެ.
"އައިޓީ ޓީމުން އަބަދުވެސް ބަނދަރު ކަންކަން ފަސޭހަކޮށްދޭންވެސް ގިނަ މަސައްކަތްތަކެއް ކުރޭ. މި ފީޗާ އިތުރު ކުރީ ބްލައިޑް އެސޯސިއޭޝަނުން އެދުނީ ތިމަންނަމެންގެ ކުދިންނަށް ދަތިވެއޭ އެމްޕީއެލް ވެބްސައިޓުގައި ހުންނަ އެއްޗިހި ކިޔަން ނޭނގޭތީ، އެހެންވެ އެ ފަރާތްތަކުގެ އެހީތެރިކަމާއެކު އެ ފީޗާ ހިމެނީ،" ރިޝްވާން ވިދާޅުވި އެވެ.