އެ މީހާ އަކީ އެންޑީއޭގައި ޕިއާ މެންޓޯއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދީގެން، ނަހަމަ ގުޅުން ހިންގާ މައްސަލައެއްގައި އެތަނުގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، އެންޑީއޭއިން ހުށަހެޅި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، އުމުރުން 51 އަހަރުގެ މުހައްމަދު ފަސީހު، ސ. ފޭދޫ ކަމަށެވެ.
އެންޑީއޭ އިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ހުށަހެޅީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ އަކީ އެންޑީއޭގައި ޕިއާ މެންޓޯއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.