މި މައްސަލައިގެ ތުހުމަތުގައި ރޭގެ ވަގުތެއްގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހ. ފޯސީޒަން، އަހުމަދު އާހިލް މުނާޒް 19، އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން، 15 ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މާލޭގެ ގެއެއްގައި އަންހެނަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި، އަނިޔާ ކުރި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހުގެ އިރުއޮއްސި 18:11 ހާއިރު މާފަންނުގައި ހުރި ގެއެއްގައި 18 އަހަރުގެ އަންހެނަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި، ޖިސްމާނީ އަނިޔާ ކޮށްފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ.
އެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއެކު މައްސަލަ ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ.
މި މައްސަލައިގެ ތުހުމަތުގައި ރޭގެ ވަގުތެއްގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހ. ފޯސީޒަން، އަހުމަދު އާހިލް މުނާޒް 19، އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން، 15 ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.