މީރާގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޑޮލަރު އާމްދަނީގެ ގޮތުގައި ދައުލަތަށް 1.2 ބިލިއަން ޑޮލަރު ލިބުނުއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 871 މިލިއަން ޑޮލަރެވެ.

މި އަހަރުގެ މިހާތަނަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ޑޮލަރުން ބަލައިގަތް އާމްދަނީ 38 ޕަސެންޓް އިތުރުވެ، 1.2 ބިލިއަން ޑޮލަރު ފަހަނަ އަޅައިފި އެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ 95 ޕަސެންޓް ކަލެކްޓްކުރާ މީރާގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޑޮލަރު އާމްދަނީގެ ގޮތުގައި ދައުލަތަށް 1.2 ބިލިއަން ޑޮލަރު ލިބުނުއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 871 މިލިއަން ޑޮލަރެވެ.
މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޓެކުހުން ޑޮލަރުގެ އާމްދަނީގެ ގޮތުގައި 925 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. މިއީ ކުރި އަހަރު ލިބުނު 679 މިލިއަން ޑޮލަރުގެ އާމްދަނީއާ އަޅާބަލާއިރު 246 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން ޑޮލަރުގެ އާމްދަނީގެ ގޮތުގައި މި އަހަރު 281 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިދިޔަ އަހަރު ލިބިފައިވަނީ 192 މިލިއަން ޑޮލަރެވެ. މިބައިގެ އާމްދަނީ ވެސް ވަނީ 89 މިލިއަން ޑޮލަރުގެ އިތުރުވުމެއް ލިބިފަ އެވެ.
ދައުލަތަށް މިދިޔަ މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު މި އަހަރު ޓޫރިޒަމް ސެކްޓާއަށް ފަސް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ.