ކިއު މަދުކުރަން ވީއައިއޭގައި އީގޭޓް ހަރުކުރަން ފަށައިފި

އެ ޕޯސްޓުގައި ރައީސް ވަނީ ޖަނަވަރީ 01، 2026 ގެ ކުރިން، އެރައިވަލް އަދި ޑިޕާޗާ ޓާމިނަލް ހިމެނޭގޮތަށް، ކޮންމެ ޓާމިނަލެއްގައި 10 ގޭޓް ހަރުކޮށް، ބޭނުންކުރަން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

ވީއައިއޭ އާ ޓީމިނަލްގައި އީގޭޓް ހަރުކުރަނީ --

ވެލާނާ އިންޓްނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ ކިއު މަދުކުރުމަށްޓަކައި އީގޭޓް ހަރުކުރުމުގެ މަސައްކަތް ފަށަައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް އަންނަ އަހަރު، އީގޭޓްތައް ހަރުކޮށް، ބޭނުންކުރަން ފެށޭނެ ކަމަށެވެ.

އެ ޕޯސްޓުގައި ރައީސް ވަނީ ޖަނަވަރީ 01، 2026 ގެ ކުރިން، އެރައިވަލް އަދި ޑިޕާޗާ ޓާމިނަލް ހިމެނޭގޮތަށް، ކޮންމެ ޓާމިނަލެއްގައި 10 ގޭޓް ހަރުކޮށް، ބޭނުންކުރަން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. 

ރައީސް ވިދާޅުވީ މި ފަދަ އީގޭޓްތަކާއެކު، ވައިގެބަނދަރު ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑާ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަން ޖެހޭޖެހުން ނިމުމަކަށް ގެނެވޭނެ ކަމަށެވެ. އަދި މި ގޭޓްތަކުން، އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ، ފޭޝަލް ރެކޮގްނިޝަންގެ ޒަރީއާއިންކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އަހަރެއްގެ މައްޗަށް ހަތް މިލިޔަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށް، މިއަހަރުގެ މިނިވަން ދުވަހު ހުޅުވި ވީއައިއޭގެ އާ ޓާމިނަލާއެކު، މި ފަދަ ޒަމާނީ ގިނަ ހިދުމަތްތަކެއް ރާއްޖެއަށް ތައާރަފް ކޮށްފައިވާކަން ރައީސް އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.