އެމްޑީޕީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މި މާއްދާ އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހަށް އުވާ ނުލެވުނު ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނު އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހަށް އުވާނުލެވުނީ ކޮވިޑުގެ ސަބަބުން ކަމުން ކަމަށް ދޭހަވާ ގޮތަށް އެމްޑީޕީ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވާހަކަފުޅު ދައްވައިފި އެެވެ.
އެމްޑީޕީ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުގެ އެންމެ ނުފޫޒުގަދަ އެއް މެންބަރު ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ މި އިސްލާހު ވުޖޫދުވީ 18 ވަނަ މަޖިލީހުގައި ކަމަށާ ނަމަވެސް އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ އެ ގާނޫނު އުވާލާނެ ކަމަށް ބުނިނަމަވެސް 19 ވަނަ - އެމްޑީޕީގެ މެޖޯރިޓީ މަޖިލީހަ- އަށް އުވާ ނުލެވުނު ކަމަށެވެ.
"ރަނގަޅު އެމްޑީޕީއަށް ސަރުކާރު ލިބުން ނަމަވެސް ހަ މަހު އޮތީ ޕީޕީއެމްގެ މެޖޯރިޓީ. އެހެންނަމަވެސް ކޮވިޑުގެ ދެ އަހަރާ އެކުވެސް 19 ވަނަ މަޖިލީހުން މި ބިލް ހުށަހެޅި [ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު] މިއީ ހެދުނު ގޯހެއް،" މީކާލިއިލް ވިދާޅުވި އެވެ.
މި ވާހަކަ އަށް ރައްދު ދެއްވައި، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މަޖިލީހުގެ ފުލް މެޖޯރިޓީއާއެކު ފަސް އަހަރު ވެރިކަން ކުރުމަށްފު އެ ގާނޫނު އުވާނުލައި މިއަދު އެކަން ކުރަން އުޅުމަކީ އިހުލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށާ، މިގާނޫނަކީ ގާނޫނު އަސާސީއާ ތައާރުޒުވާ ގާނޫނެއް ނޫން ކަމަށް އެމްޑީޕީ ސަރުކާރުގެ އެޓާނީ ޖެނެރަލް ވިދާޅުވެފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓަށް އޭރުގެ ނޫސްވެރިޔާ އަދި މިހާރުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ހުށަހެޅުވި މައްސަލައިގައި ދައުލަތުން އޭރުގެ ބަންޑާރަނައިބު ވަނީ އުވާލަން ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.