ޑޯ އެންޑް ކޯ އާއި ދިއްގަރު ޑަބްލިއުޑީސީ ގުޅިގެން ކޭކު ކޯހެއް

މި ކޯހަކީ 10 ދުވަހުގެ ކޯހެކެވެ. މި ކޯހުގައި 16 ބައިވެރިން ބައިވެރިވެފައިވެ އެވެ.

ކޭކު ކޯހަށްފަހު ޑޯ އެންޑް ކޯ އާއި އާއި ބައިވެރިން އަދި ދިއްގަރު ޑަބްލިއުޑީސިގެ އިތުރު ދިއްގަރު ކައުންސިލް މެންބަރު ފޮޓޯއަކަށް ހުއްޓިގެން

ޑޯ އެންޑް ކޯ އާއި ދިއްގަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގުޅިގެން ކޭކު އަޅަން ދަސްކޮށްދޭ ކޯހެއް ހިންގައިފި އެވެ.

ދިއްގަރު ޑަބްލިއުޑީސީގެ ރައީސާ ހައްވާ ޒާހިރާ ވިދާޅުވީ 16 ބައިވެރިން މި ކޯހުގައި ބައިވެރިވެފައިވާއިރު، މި ކޯސް ހިންގާފައިވަނީ ބައިވެރިންގެ އަތުން ފީއެއް ނެގުމުގެ އިތުރުން ޑަބްލިޑީސީގެ އެހީތެރިކަން ދީގެންނެވެ. އަދި މި ކޯހުގެ ސަބަބުން މަސައްކަތްތެރި އަންހެނުން ރަށުގައި އިތުރު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހައްވަ ވިދާޅުވި އެވެ.

"މި ރަށަކީ މަސްވެރި ރަށެއް. މަސައްކަތްތެރި ބަޔަކު އުޅޭ ރަށެއް. މި ކޯހުގެ ސަބަބުން އިތުރު އަންހެނުން މަސައްކަތްތަކަށް ނެރުން މަގުސަދަކީ،" ހައްވާ ވިދާޅުވި އެވެ.

ހައްވަ ވިދާޅުވީ ކުރިން ވެސް މިފަދަ ކޯސްތައް ހިންގާފައިވާނެ ކަމަށާ މިފަދަ ތަމްރީންތަކުގެ ސަބަބުން މަސައްކަތަށް ނުކުންނަ މީހުން އިތުރުވަމުންދާ ކަމަށެވެ.

ކޯހުގެ ބައިވެރިޔަކު އެޅި ކޭކެެއް --

"މި ކޯހުގައި 16 މީހުން ބައިވެރިވި. މީގެ ތެރެއިން އިތުރު ބަޔަކު ކޭކު އެޅުމުގެ ވިޔަފާރިއަށް ނުކުންނާނެ ކަމަށް އުންމީދު ކުރަނީ،"

ކޭކާއި ޕޭސްޓްރީ ފަދަ އަންހެނުން ހަރަކާތެރިވާ ދާއިރާތަކުން ތަމްރީން ދިނުމުގައި މަޝްހޫރު ޑޯ އެންޑް ކޯ އިން މި ކޯހުގައި ތަމްރީން ދީފައިވަނީ ފާތިމަތު ސަބީހާ (ޝެބީ) އާއި ފާތިމަތު ޖަމީލް (ފާތި) އެވެ. މި ކުންފުނިން މީގެ ކުރިން ވަނީ ކ. މާފުށީގައި ވެސް މިފަދަ ތަމްރީންތަކެއް ހިންގާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.