އެމްޓީސީސީ ޓެކްސީ ލައިނަށް 285 ޑްރައިވަރުން، ޕާޓްޓައިމް 122

މި މަގާމަށް ކުރިމަތިލާން މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އަދި މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭން އިސްކަން ދޭނީ ޓެކްސީގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ސަރުކާރުން ފަށަން ތައްޔާރުވާ ޓެކްސީގެ ކުރެހުމެއް

އާއްމު ރައްޔިތުންނަށް ކުރިމަތިވެފައިވާ އެއްގަމު ދަތުރުފަތުގެ މައްސަލަަ ހައްލު ކުރުމުގެ ގޮތުން އެމްޓީސީސީ ފަށާ ޓެކްސީ ލައިންނަށް ޕާޓަނައިމް 122 ޑްރައިވަރުންނާއެކު ޖުމްލަ 285 ޑްރައިވަރުން ހޯދަން އިއުލާންކޮށްފި އެވެ. 

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން ޔޫތު ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޓެކްސީގެ ހިދުމަތް އަންނަ ފެބުއަރީ މަހު ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިވަގުތު ކުރިއަށް ގެންދަނީ އެކަމަށް ގެންނަ ޓެކްސީތައް ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެ އެވެ. 

އެމްޓީސީސީއިން ޓެކްސީގެ ހިދުމަތް ފަށަނީ ތިމާވެއްޓާ ރަހުމަތްތެރި އިލެކްޓްރިކް ވެހިކަލްސް ބޭނުންކޮށްގެންނެވެ. އަދި މި ހިދުމަތަކީ 24 ގަޑިއިރު ދޭނެ ހިދުމަތަކަށްވާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ފުރަތަމަ މި ހިދުމަތް ފަށަން އުޅުނީ މި އަހަރު އެވެ. ނަމަވެސް މިކަމަށް ގެންނަ ހާއްސަ އުޅަނދުތަކެއް ބޭނުންވާތީ އެ ތައްޔާރު ކުރަން ވަގުތު ނަގާނެ ކަމަށް ޓްރާންސްޕޯޓް މިިނިސްޓްރީން ބުނެފައިވެ އެވެ. 

ޓެކްސީ ލައިން ފެށުމުގެ ޕްލޭން

  •  ފުރަތަމަ މަރުޙަލާ - މާލެ، ހުޅުމާލެ، އަދި ވީއައިއޭ
  •  ދެވަނަ މަރުޙަލާ 2026 - 2027 ވިލިނގިލި އަދި ތިލަފުށި
  •  ތިންވަނަ މަރުޙަލާ 2028 - 2029 ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލައް، އަދި ކުޅުދުއްފުށި

އެމްޓީސީސީއިން ވަނީ ޓެކްސީ ލައިންގެ ހިދުމަތުގައި ޑްރައިވަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަށް އެމްޓީސީސީ ކެރިއާ މެދުވެރިކޮށް ކުރިމަތިލާން ހުޅުވާލާފަ އެވެ. މި މަގާމަށް ކުރިމަތިލާން މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އަދި މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭން އިސްކަން ދޭނީ ޓެކްސީގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ނަމަވެސް މ މަގާމުގއި ލިބޭނެ މުސާރައެއް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.