ސެލޫންއެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކޮށްފި

ފުލުހުން މިދިޔަ ހޯމަ ދުވަހު ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގަމުންދާ “ޕީސް ސެލޫން އެންޑް ސްޕާ” ބަލައިފާސްކުރުމަށްފަހު ހައްޔަރު ކޮށްފައި ވަނީ ދިވެހި ފިރިހެނަކާއި ތައިލެންޑް ތިން އަންހެނުންނެވެ.

ހަށިވިއްކާކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރިން 4 މީހުން

މާލޭގައި ހިންގަމުންދާ ސެލޫންއެއްގައި ހަށިވިއްކަމުންދާ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިދިޔަ ހޯމަ ދުވަހު ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގަމުންދާ “ޕީސް ސެލޫން އެންޑް ސްޕާ” ބަލައިފާސްކުރުމަށްފަހު ހައްޔަރު ކޮށްފައި ވަނީ ދިވެހި ފިރިހެނަކާއި ތައިލެންޑް ތިން އަންހެނުންނެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަން ހިންގާފައި ވަނީ ފައިސާގެ މުގާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި، ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ދިވެހި މީހާ އަކީ ގއ. ވިލިނގިލި، ރިވެލި، މުޖައްމަދު ސަމާމް ރަޝީދު 28، އެވެ. ދެން ހައްޔަރު ކޮށްފައި ވަނީ ތައިލެންޑް ތިން އަންހެނުން ކަމަށްވާ ޖުންޕެން ކުމްބޮންޕިޓަކް 38، އާއި ޕަޓްޗަރިދާ ބަންނަބޮޑީ 24، އާއި ސުޕަވަޑީ ޖޮމްޓަރަކު 21، އެވެ.

އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ސަމާމް، ޖުންޕެން ކުމްބޮންޕިޓަކް އަދި ސުޕަވަޑީ ޖޮމްޓަރަކު ވަނީ ތިން ދުވަހަށް ބަންދު ކޮށްފަ އެވެ. އަދި ޕަޓްޗަރިދާ ބަންނަބޮޑީ ބަންދު ކޮށްފައި ވަނީ 30 ދުވަހަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.