އަބްދުއްރަހްމާން މަރައިލި މައްސަލައިގައި ދައުވާ ކޮށްފި

މި މައްސަލައިގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ އެރަށު ލިލީފެހިގެ، މުހައްމަދު ވިސާމް 22، އާއި ފިނިވާގެ، އަހުމަދު ފާރިސް 27، އާއި ފިޔަ، އަހުމަދު އާޝިދު 27، އެވެ.

އަބްދުއްރަހުމާންގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ތިން މީހުން (ކ-ވ) ފާރިސް، އާޝިދު އަދި ވިސާމް. --ފޮޓޯ: މިހާރު

އއ. މާޅޮހުގައި މިދިޔަ ޖުލައި 13 ވަނަ ދުވަހުގެ ރޭ ދަންވަރު ބޮޑެތި ޒަހަމްތަކެއްދީ އެރަށު އޯކިޑްމާގޭ އަބްދުއްރަހްމާން އާދަމް 65، މަރައިލި މައްސަލައިގައި ބަންދުކޮށްފައިވާ ތިން މީހުންގެ މައްޗަށް ދައުވާ ކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ އެރަށު ލިލީފެހިގެ، މުހައްމަދު ވިސާމް 22، އާއި ފިނިވާގެ، އަހުމަދު ފާރިސް 27، އާއި ފިޔަ، އަހުމަދު އާޝިދު 27، އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނީ މާޅޮހުގެ މާހިޔާގޭގެ ކޮޓަރިއެއްގައި އަބްދުއްރަހްމާން ނިދާފައި އޮއްވައި، ފުރާނައަށް ގެއްލުން ލިބޭފަދަ ބޮޑެތި ޒަހަމްތަކެއްދީ މަރާލާފައިވާ މައްސަލައާ ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓުގައި އެ ތިން މީހުންގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށެވެ.

އެގޮތުން އާޝިދުގެ މައްވަށް އުފުލާފައި ވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގާއި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ވިސާމް އަދި ފާރިސްގެ މައްޗަށް އުފުލާފައި ވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގާއި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އެނގިފައިވާ ގޮތުގައި، ވަރަށް އެކުގައި އުޅޭ މި ތިން މީހުންނަށް ފުލުހުންގެ ތަހުގީގު އެނބުރުނީ، އަބްދުއްރަހުމާން މަރައިލިކަން އާންމުންނަށް އެނގުމުގެ މާކުރިން، އޭނާގެ ދަރިއަކަށް ގުޅައި، ކަމެއް ވެގެން އުޅޭތޯ ސާފުކުރަން އުޅުނުކަން ހާމަވުމުންނެވެ. އެމީހުން ހައްޔަރު ކޮށްފައި ވަނީ އޮގަސްޓް މަސް ތެރޭގަ އެވެ.

އަބްދުއްރަހުމާނަށް ހަމަލާދިން ސީދާ ސަބަބެއް އަދި ރަސްމީކޮށް ހާމަކޮށްފައިނުވިޔަސް، މި ހަމަލާގެ ފަހަތުގައި އަބްދުއްރަހުމާނު ސިހުރު ހަދާކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅުމެއްވާ ކަމަށްވެ އެވެ. ނަމަވެސް، އަބްދުއްރަހުމާނު ސިހުރު ހަދާކަމުގެ ތުހުމަތުތައް އޭނާގެ އާއިލާއިން ވަނީ ތަކުރާރުކޮށް ދޮގުކޮށްފަ އެވެ.

އަބްދުލްރަހްމާނަށް ވަނީ ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދީފަ އެވެ. އޭނާގެ ބޮލުގައި މަރުތޭލު ޒާތުގެ އެއްޗަކުން ޖަހައި ބޯ ވަނީ ޗިސްކޮށްލައިފަ އެވެ. އޭނާ މަރުވެފައި ވަނީ ފަރުވާ ދިނުމަށް އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައި ވަނިކޮށް އެރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.